ads
ފޮޓޯ: ސަން
އަންނަ އަހަރުން ފެށިގެން ޕްރީންސްކޫލުތަކުގެ ކިޔެވުން ފަށާނެ
ކޮވިޑް-19 އަށް ސްކޫލްތަކަށް ގޮސްގެން ކިޔަވައިދިނުން މެދުކަނޑާލާފައި އޮތް ޕްރީންސްކޫލްތަކުގެ ކިޔެވުން 2021 ވަނަ އަހަރުން ފެށިގެން އަލުން ފެށޭނެ ކަމަށް އެޑިުޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަަވަމުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ އަންނައަހަރުގެ ކިޔެވުން ފަށައިގަތުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ޕްރީސްކޫލުގައި ކިޔަވާ ދަރިވަރުން އިން ފެށިގެން ގްރޭޑް 12 އާއި ހަމަޔަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް ހަފްތާއަކު ފަސް ދުވަހަށް ކަމަށެވެ.

އެހެންނަމަވެސް އަންނަ އަހަރުގެ ކިޔަަވައިދިނުންވެސް ކުރިއަށް ގެންދެވޭނީ އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު ކަމަށް މުޖާހިދު ވިދާޅުވިއެވެ. 

" އެ ރަށެއްގެ ނުވަތަ އެ ސްކޫލް ހުންނަ ހާލަތަށް ބެލުމަށްފަހު އެ ރަށެއްގެ ކުރިއަށް ގެންދެވޭނީ. މި ސާލަކަަށް ބަލާކަމުގައި ވާނަމަ ލޮކްޑައުންގަ އެ ރަށެއް އޮތް ކަމުގަ ވަނީނަމަ އެ ރަށެއްގެ ހުރިހާ ކުދިންނަށް ސްކޫލް ބަންދުވާނެ. ދެން މިސާލަކަށް ރަށެއް މޮނިޓަރިންގަ އޮތް ކަމުގައި ވަނީނަމަ އަޅުގަނޑުމެން އަމަލުކުރާނީ އެޗްޕީއޭއިން އަންގާ އެންގުންތަކާއި އެއްގޮަތަށް. ޕޮޒިޓިވް ކޭސްއެއްް ނުފެންނަ ހަމަ އާއްމުކޮށް އޮތް ރަށެއް ވެއްޖިއްޔާ ހަމަ ފައުންޑޭޝަނުން ފެށިގެން ކީ ސްޓޭޖު ފަހަކާއި ހަމަޔަށް މާނައަކީ ޕްރީންސްކޫލުން ފެށިގެން ގުރޭޑް 12 އާއި ހަމަޔަށް ހުރިހާ ކުދިންނަށްވެސް ކިޔެވުން ކުރިއަށް ދާނެއޭ އެހެންނަމަވެސް ގައިދުރުކަމާއި އެކަމާއި ގުޅުންހުރި އިރުޝާދުތަކާއިއެކު" -ޑެޕިއުޓީ މިނިސްޓަރު މުޖާހިދު-

އޭގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ މިއަހަރު އެއްކޮށް ނިމިގެންދިޔައީ ފައުޑޭޝަން ކުދިންނަށް ސްކޫލަށް ނުނިކުމެ ކަމަށާއި އެހެންނަމަވެސް ދެން ކިޔެވުން ފެށޭއިރު އެ ސްޓޭޖްގެ ކިޔެވުން ފެށިގެންދާނެ ކަމަށެވެ. އަދި ކޮވިޑް ކޭސްއެއް ނެތް ރަށެއްގައި ނަމަ މާލެ ކަމުގައިވީނަމަވެސް ފައުންޑޭޝަނުން ފެށިގެން 12 އާއި ހަމަޔަށް ކުރިއަށް ދާއިރުވެސް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއިއެކު ކުދިންގެ އާބާދީއާއި ޖާގަ އޮންނަ ނިސްބަަތަކުން ކުދިން ސްކޫލަށް ހާޒިރުވާންޖެހޭ ދުވަހުގެ އަދަދު ތަފާތުވެގެން ދާނެ ކަމަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު އެއްކޮށް ކަހަލަ ގޮަތަކަށް ޕްރީންސްކޫލް ކުދިންގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. އަދި ކޮވިޑްގެ ކޭސްތައް ދަށްވާން ފެށުމުން ރަށްރަށުގައި ގުރޭޑް 1 ފެށިގެން ކިޔެވުން ކުރިއަށް ގެންދިޔަނަމަވެސް ކޮވިޑް ސްޕްރެޑާއި ގުޅިގެން މާލޭގެ ސްކޫލްތަކުގައި ކިޔެވާދެމުން ދިޔައީ ގްރޭޑް ހަތަކުން ފެށިގެން މަތީގެ ކުދިންނަށެވެ.  

31%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް