ads
ހިޔާ ފްލެޓްތައް--
ހިޔާ ފްލެޓްތަކުން ވިޔަފާރިއަށް ދޫކުރާ ޖާގަތަކުގެ އަގުތައް އާއްމުކޮށްފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ހުޅުވާލި ޖާގަތަކުގެ އަގުތައް އެޗްޑީސީން އާންމުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމްރާތް ހައުސިންގ ޔުނިޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތަކެއް ހޯދުމަށް އެޗް.ޑީ.ސީ އިން އިއުލާންކުރި ކަމަށެވެ. 

އެގޮތުން ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރަކާއި ކެފެޓީރިއާ ވަނީ ފުރުސަތު ހުޅުވާލިކަން ފާހަގަކުރެއްވި އެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓުތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭނޭ ސަރަހައްދަކަށްވެފައި އެ ސަރަޙައްދުން ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސަކަތްތަކެއް ކުރެވެމުންދާކަން ފާހަގަކޮށް އެޗްޑީސީން ބުނީ އެސަރަޙައްދުގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކުރިއިރު 2،196.91 އަކަފޫޓުގެ މި ޔުނިޓަށް ފުރަތަމަ 2 އަހަރު ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 15 ރުފިޔާއަށް ކަމަށެވެ. އަދި 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް މި ޔުނިޓްއަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައިވެސް ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 15 ރުފިޔާ ކަމަށާއި އަންނަ މަހުގެ 21 ގެ 12:00 ގެ ކުރިން ބިޑް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ ކަމަށެވެ. 

އެ ޔުނިޓާއި ބެހޭ ގޮތުން ބޭއްވޭ މައުލޫމާތު ދިނުމުގެ ސެޝަން މިމަހުގެ 30 ވަނަ ދުވަހު 14:00
ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެ އެވެ. 

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރި އަށް ދޫކުރަން މިހާރު ހުޅުވާލައިފައިވާ އަނެއް ޖާގައަކީ ފާމަސީ ހިންގަން ދޭ 542.39 އަކަފޫޓުގެ ޔުނިޓެކެވެ. އެތަނުގެ ކުއްޔަކީ ވެސް ފުރަތަމަ ދެ އަހަރު، އަކަފޫޓަކަށް 15ރ. އެވެ. އަދި ތިން ވަނަ އަހަަރުން ފެށިގެން ފަސްވަނަ އަހަރާ ހަމައަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30ރ. އެވެ.

އޭގެ އިތުރުން ފާމަސީއެއް ހިންގުމަށް ވެސް ހުޅުވާލިއިރު ކުލީގެ ގޮތުގައި ފުރަތަމަ 2 އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު 3 ވަނަ އަހަރުން 5 ވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 30 ރުފިޔާ ކަމަށް އެޗްޑީސީން ބުނެ އެވެ.

ފާމަސީ ހިންގުމަށް ބޭނުންވާ މީހުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯސަލް
ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު ޕްރީ ޕްރޮޕޯސަލް މީޓިންގް 30 ޑިސެންބަރު 2020 ވަނަ ދުވަހުގެ 13:00 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ. 

އޭގެއިތުރުން، ސުޕަމާކެޓް ހިންގުމަށް ދެ ޔުނިޓެއް ކަނޑައެޅިފައިވާކަން ފާހަގަކޮށް ބުނީ އެއީ 305.89 އަކަފޫޓުގެ ޔުނިޓާއި 3291.28 ފޫޓުގެ ޔުނިޓު ކަމަށެވެ. އެ ދެ ޔުނިޓުގެވެސް ފުރަތަމަ 2 އަހަރު ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ އަކަފޫޓަކަށް 15 ރުފިޔާ ކަމަށާއި އަދި 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރާއި ހަމައަށް އަގު ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުން ކަމަށް ބުނެ އެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުންޏަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. އެކަމާއި ގުޅޭ މައުލޫމާތުދޭން ބާއްވާ ބައްދަލުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ. 

އެޗްޑީސީން އިތުރަށް ބުނީ އިއުލާންކުރެވިފައިވާ ޔުނިޓްތަކުގެ ކުލި ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފުރަތަމަ ދެ އަހަރު އެޗްޑީސީން ވަނީ ކޮންމެ ޔުނިޓަކަށް ވެސް 15 ރުފިޔާ ނަގަން ނިންމާފައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް