ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
އަންހެނަކަށް ގަދަކަމުން ޖިންސީފުރައްސާރަކޮށް އޮރިޔާންކާޑް އުފައްދައިފި
ލ. ގަމުގައި އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑް އުފައްދައިފި އެވެ.

ފުލުހުން ބުނީ އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑް އުފެއްދި މައްސަލައެއް ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މިހާރު 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރިއަށް ގެންދިއުމަށް ޖަހައިދީފައި ވަނީ 15 ދުވަސް ކަމަށެވެ. 

އަދި އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް