ads
ފޭސް ދޭއް ގައި މީގެ ކުރިން ކުރިޔަށް ގެންދިޔަ ތަމްރީންތަކުގެ ތެރެއިން--
ހަތިޔާރާއިއެކު ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން ކުރިއަށްގެންދާ ސިފައިންގެ ތަމްރީންތަކެެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަދި ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ތަމްރީނު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިމިހުގެ 27 އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަމްރީންތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމިހުގެ 28 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދުވަސްތަކުގެ 18:30 އިން 21:00 ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، މި ތަމްރީންތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށާއި، އަދި ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުން ކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުން ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެ ތަމްރީންތަކުގައި "ޕައިރޯޓެކްނިކްސް" ވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް އެމްއެންޑީއެފްއިން ވަނީ އާއްމުކޮށްފައެވެ.

އެގޮތުން ހަތިޔާރުގެ ގޮތުގައި އޭކޭ ސީރީޒް ރައިފަލް ބޭނުންކުރާއިރު ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4100 މީޓަރެެވެ. އަދި އެންމެ އުސްމިނަކީ 100 މީޓަރެވެ.

ސިފައިންވަނީ މީގެކުރިންވެސް މާލެއާއި ވިލިމާލޭގައި ހަތިޔާރާއި އެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް