ads
ރިތިކް އާއި އޭނާގެ ކުރީގެ އަންހެނުން--
ކޮވިޑްގެ ފިޔަަވަޅުތަކަށް ބޯނުލަނބައިގެން ހައްޔަރުކުރި ވާހަކަ ސުޒޭން ދޮގުކޮށްފި
ކޮވިޑް-19 ގެ ފިޔަވަޅުތަކަށް ބޯނުލަނބައިގެން ބޮލީވުޑުގެ ތަރި، ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ހައްޔަރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ.

އިންޑިއާގެ ނޫހަކުން ވަނީ ސުޒޭން ހައްޔަރުކުރި ކަމަށް ރިޕޯޓްކޮށްފަ އެވެ. އެގޮތުން ދަންވަރު 2:30 ގައި ކްލަބަކުން އޭނާ ހައްޔަރުކުރި ކަމަށް ރިޕޯޓްކުރި ނަމަވެސް އެކަން ދޮގުކޮށް ސުޒޭން ވަނީ ކަން ހިނގައިދިޔަ ގޮތް ކިޔައިދީފަ އެވެ.

ސުޒޭން ނެރުނު ބަޔާނެއްގައި އޭނާ ބުނީ އޭނާގެ ގާތް މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށް ރޭގަނޑުގެ ކެއުމަކަށް ދިޔަ ކަމަށެވެ. އަދި އޭނާ ހިމެނޭ ގޮތަށް ބައެއް މީހުން މަޑުކުރި ކަމަށާއި އެގޮތުން ދަންވަރު 2:30 ގައި އެތަނަށް ކަމާއި ބެހޭ ފަރާތްތައް ވަތް ކަމަށެވެ. 

އެގޮތުން ކްލަބުގެ ވެރިންނާއި ފުލުހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވެންދެން އެތަނުގައި ތިބި އެންމެން ވެސް މަޑުކުރަން އެދުން ކަމަށާއި އެގޮތުން ގާތްގަނޑަކަށް ތިން ގަޑިއިރަށް މަޑުކުރަން ޖެހުން ކަމަށެވެ.

ސުޒޭން ބުނީ އެތަނުން ނިކުމެވުނީ ހެނދުނު 6 ހާއިރު ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި ކަމަށް ދައްކާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރެވެ. 

ކައިވެނި ރޫޅުނުއިރު އެމީހުންނަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު ވަކިވި ނަމަވެސް ދެ ކުދިންގެ ކަންކަން ދެމީހުން އަންނަނީ އެކުގައި ބަލަހައްޓަމުންނެވެ. 

ވަކިވި ފަހުން ވެސް އެމީހުން އެކުގައި ފެނިގެންދާއިރު ކުދިންނާއެކު ޗުއްޓީ ދަތުރުތައް ވެސް ދެމީހުން އެކުގައި ގޮސް ހަދައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް