ads
ފޮޓޯ: އައްޑޫ ލައިވް
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ތަސްދީގުކުރައްވައިފި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލު ވަނީ މިމަހުގެ ހައެއް ވީ އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކޮށްފައެވެ. އަދި މި ބިލު މިއަދު ވަނީ ރައީސް ސޯލިހް ތަސްދީގުކުރެއްވުމާއިއެކު ގާނޫނަކަށްވެފައެވެ.  

އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ގާނޫނަކަކަށް ވެގެންދިޔައިރު ބިލަށް ވަނީ ބައެއް އިސްލާހުތައް ގެނެސްފައެވެ. އެގޮތުން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށް ބަލަހައްޓާނީ އަތޮޅު ކައުންސިލުންނެވެ. އަދި އިގްތިސާދީ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި އެ އިދާރީ ދާއިރާގައި ހިމެނޭ ފަޅުރަށެއް ނުވަތަ ފަޅެއް އެ އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ ހަވާލުކުރަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ވުޒާރާގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހުގަ ކަމަށް ބުނެފައިވެއެވެ. 

އަދި އަތޮޅު ކައުންސިލްގެ ނައިބުރައީސް އިންތިހާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވެެއެވެ. ކައުންސިލްތަކަށް އެ ގާނޫނުގެ ދަށުން ދެވޭ ހިލޭ އެހީގެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަކާއި އެ ފައިސާ ހަރަދުކުރެވޭނެ ކަންތައްތަކާއި، އަދި ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ހުށަހެޅުމުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ. ކައުންސިލްގެ ބަޖެޓު ފާސްވުމަށްފަހު، ފާސްކުރި ބަޖެޓު ތަންފީޒުކުރުމުގެ އިސްވެރިޔަކީ ކައުންސިލްގެ ރައީސް ނުވަތަ މޭޔަރެވެ. 

އަވަށު އޮފީސްތަކުގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން ދެމަސްދުވަހުގެ ތެރޭގައި، ސިޓީ ކައުންސިލަށް، ބޯޑުގެ ރައީސް ހުށަހަޅަންވާނެއެވެ. 

މީގެ އިތުރުން މި ގާނޫނުގައި ވާގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށްތަކެއްގެ ރަށްވެހިން، އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއް ކަމުގައި ކަނޑައަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފިނަމަ އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

މީހުން ދިރިއުޅޭ ރަށްތަކެއް މިފަދަ ގޮތަކަށް އިދާރީގޮތުން އެއް ރަށަކަށް ބަދަލުކުރެވޭނީ އެ ރަށްތަކުގެ ރައްޔިތުންގެ އަގުލަބިއްޔަތު އެގޮތަށް ބޭނުންވާނަމައެވެ.

ގާނޫނަށް އަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށްތަކެއްގެ ރަށްވެހިން، އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއް ކަމުގައި ކަނޑައަޅައިދިނުމަށް ރައީސްއަށް ހުށަހަޅައިފިނަމަ އެ ރަށްތަކަކީ އިދާރީގޮތުން އެއް ރަށެއްކަމަށް ކަނޑައެޅުމުގެ ބާރު ރައީސްއަށް ލިބިގެންވެއެވެ. މީހުން ދިރިއުޅޭ ރަށްތަކެއް މިފަދަ ގޮތަކަށް އިދާރީގޮތުން އެއް ރަށަކަށް ބަދަލުކުރެވޭނީ އެ ރަށްތަކުގެ ރައްޔިތުންގެ އަގުލަބިއްޔަތު އެގޮތަށް ބޭނުންވާނަމައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް