ads
ފޮޓޯ: ކަސްޓަމްސް
ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އިއްޔެ ނައްތާލާފައި ވަނީ ކ. ތިލަފުށީ، ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ. 

އެގޮތުން ކަސްޓަމްސް އިން ނައްތާލާފައިވަނީ 8719.22 ލީޓަރު ބަނގުރަލާއި 2220.5 ކިލޯގެ އޫރުމަހެވެ. 

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުން ތަކެއްޗެވެ. 

މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ރާއްޖެއަށް އެތެރެކުރުން މަނާ މިފަދަ ސާމާނުތައް އަތުލައިގަތުމަށް ފަހު، ނައްތާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް