ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން--
ޑީއެންއޭ ގަރީނާ އެއްގޮތުގައި ބޭނުންކުރެވޭނެ: ރައީސް މައުމޫން
ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޑީއެންއޭ މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެގޮތް ޝަރްއުގައި އަންގަވާފައިއޮތުމަކީ އެ ނޫން ގޮތަކަށް އެކަން ދެނެގަތުން މަނާކުރާކަމެއް ނޫންކަމަށެވެ. އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދު ވަގުތުތައް ދެނެގަންނާނެގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުންކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުގައިވާނަމަ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ޤަރީނާއެއްގެ ގޮތުގައި ނުބެލެންވީ  ސަބަބެއްނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިންގަރޕްރިންޓް ފަދަ ސައިންޓިފިކް ދަލީލުތައްވެސް ޤަރީނާގެގޮތުގައި ޝަރީއަތުން ބަލައިގަންނަކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒިނޭކޮށްގެން ދަރިއަކު ލިބޭ ހާލަތުގައި ދަރިފުޅުގެ ބައްޕަ ސާބިތުކުރުމުގައި ޑީއެންއޭ ޓެސްޓް ހެދުމަކީ ހުއްދަ ނޫން ހަރާމްކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅި ނިންމުމުގެ މައްޗަށް ރިއާޔަތްކޮށް، ހައިކޯޓުން ކުރި  ހުކުމެއްގެ މައްސަލައިގެ މައްޗަށް ކުރެއްވި ޓްވީޓެއްގައެވެ.

ހައިކޯޓުގެ މި ހުކުމަށް ބައެއް ފަރާތްތަކުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިކުރުވަމުންނެވެ. އެގޮތުން މިއީ ޝަރުއީގޮތުން މައްސަލައެއް ނެތް ހުކުމެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިއީ އަންހެނުންނަށް ނިކަމެތިކަން ލިބިދޭ ފަދަ ހުކުމެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ހުކުމާއި އެކު ފަތުވާ މަޖިލީހާއި ހައިކޯޓަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް