ads
ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ބަސް ސްޓޮޕް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސްފި
މާލޭގެ ބައެއް މަގުތަކުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ތިން ބަދަލެއް ގެނެސްފައިވާ ކަމަށެވެ. 

އެގޮތުން ހަވީރީ ހިނގުމުން ކަނބާއައިސާރަނި ހިނގުމުން ފެށިގެން އިރުން ހުޅަނގަށް ބޮޑުތަކުރުފާނުމަގާއި ހަމައަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި ކަނބާއައިސާރަނި ހިނގުމުން ގޮސް، ބޮޑުތަކުރުފާނުމަގުން ފެށިގެން ހަވީރީހިނގުމާއި ހަމައަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން މާފަންނު އައްސޭރި ހިނގުމުން އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

މީގެ ދުވަސްތަކެއް ކުރިން ސިޓީ ކައުންސިލުން ވަނީ އަމީރު އަހުމަދު މަގުން ޝަހީދު އާދަމް ނަސީރު ހިނގުމުން ފެށިގެން ހުޅަނގަށް ޖުމްހޫރީ ހިނގުމާ ހަމައަށް ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ. މަރާމާތަށް ފަހު، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމީރު އަހުމަދު މަގު ހުޅުވާލީ އެއްކޮޅަށް ދުއްވާ މަގެއްގެ ގޮތުގަ އެވެ. އަދި އޭރުއްސުރެ އެ މަގު ބޭނުންކުރަމުން އައި ހަމައެކަނި އެއްކޮޅަށް ދުއްވޭ މަގެއްގެ ގޮތުގަ އެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ވަނީ މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކާރޫބާރު ބޮޑުވެ، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމާއެކު، ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލު ކުރިއިރު އަނެއް ބައި މަގުތައް ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް