ads
ހާލިދާ--
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ގ. ސިލްވަރުގެ، މަރިޔަމް ހާލިދާ އައްޔަންކުރައްވައިފި އެވެ. ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު ހާލިދާ އައްޔަންކުރެއްވިއިރު އޭނާއަކީ އެންމެ ކުޑަ އުޖޫރައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާމަން ވެސް މެ އެވެ. 

ހާލިދާ ވަނީ އެމްއެމްއޭގެ ފައިނޭންޝަލް އެންޑް ކޮންޒިއުމާ ސާވިސަސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

އޭގެ އިތުރުން، މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަހުމަދު އާދިލް ވެސް ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް