ads
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް---
ލަންކާ އަށް މޯލްޑިވިއަނުން ޗާޓާ ދަތުރުތަކެއް
ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އިން ލަންކާ އާއި ރާއްޖެއާއި ދެމެދު ޗާޓާ ދަތުރުތަކެއް ކުރަން ނިންމައިފި އެވެ.

މިރެއިން ފެށިގެން މަސްދުވަހުގެ މުއްދަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލަންކާގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާ އަކު ދެދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މިއީ ލަންކާ އިން ޗާޓަރުކޮށްގެން ކުރާ ދަތުރުތަކެއް ކަމަށްވާ އިރު، މި ދަތުރުތަކުގައި ލަންކާގެ ސީމަނުންތަކެއް އަނބުރާ އެގައުމަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައިވީ ނަމަވެސް، އެކުންފުނިން ދަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ލަންކާއަށް ދަތުރުތައް ބާއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް