ads
ވީޑިއޯ ރިޕޯޓު-
މާލޭގެ މަގުތަކަށް ހައްލެއް ލިބޭނީ ކޮންއިރަކުން؟
މާލެއަކީ ރާއްޖޭގައި އެންމެ ތަރައްގީ އަދި އެންމެ ގިނަ ވަސީލަތްތައް ލިބެން ހުންނަ ތަނެވެ. ގިނަ ބަޔަކު މާލެއަށް އަންނަނީ އަސާސީ ބޭނުންތައް ފުއްދުމަށެވެ. ނަމަވެސް ތަރައްގީގެ ކުލަ މާލޭގައި ފެވިފައި ވީނަމަވެސް މަގުތައް ދަނީ ޗަކަ ފެނުން ކިލަބު ވަމުންނެވެ.

މާލޭގެ މަތުތަކުގައި އަޑިގުޑަންތައް ގިނަކަމުން ދުއްވާ އެއްޗެއްގައި ދާއިރު ހީވަނީ ގަދަ ކަނޑެއްގައި ދަތުރުކުރާހެންނެވެ. މި ޝަކުވާގެ އަޑަކީ އާ ވާހަކަތަކެއް ނޫނެވެ. ޒަމާނުއްސުރެ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޝަކުވާތަކެކެވެ.

ކޮންމެ ސަރުކާރަކުންވެސް ރިޔާސީ ވައުދުތަކުގައި މިމައްސަލަ ހައްލުކޮށްދޭނެ ކަމުގެ އަނދުން ރައްޔިތުންގެ ލޮލުގައި އަޅުވައެވެ. ނަމަވެސް 5 އަހަރުގެ ދައުރު ނިމިގެންދާއިރު މަގުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ރައްޔިތުން ހިނގަން ޖެހެނީ ހަމަ އަޑިގުޑަންވެ ހަލާކުވެފައިވާ މަގުތަކުގައެވެ.

އެގޮތުން ރައީސް ސޯލިހް ވެސް ވެރިކަމަށް ކުރިމަތިލެއްވިއިރުގައި މި މައްސަލައަށް ހައްލެއް ގެނެސް ދެއްވާނެކަމަށް ވަނީ ވައުދުވެލައްވާފަ އެވެ.

މި ވައުދުގެ ދަށުން މާލޭގެ މަގުތައް ހެދުމަށް މިދިޔަ އަހަރު ޖެނުއަރީ މަހު އާރްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެންމެ ފުރަތަމަ އެކުންފުނިން ހަދަން ފަށާފައިވަނީ ކަނބާއައިސާރަނިހިނގުން ހިމެނޭ ސަރަހައްދުގައެވެ. މިހާރު ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަމުން އަންނަ މަސައްކަތުގައި އެސަރަހައްދުގެ ބޭރުމަގުވަނީ ހަދާ ނިމިފައެވެ.

މިހާރު ކުރިއަށް ގެންދާ މާލޭގެ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަލަށް ހަދާމަގުތައް ހަދާނީ ހަތަރު ޑިޒައިނަކަށެވެ. އެއީ އާޓީރިއަލް މަގުތަކާއި ސިޓީ ރޯޑްސް އާއި ސެކަންޑަރީ ރޯޑްސް އާއި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްގެ ޑިޒައިންތަކަށެވެ.

މާލޭގެ މަގުހެދުމުގެ މަޝްރޫއު މިހާރު ސިޓީ ކައުންސިންއިން ކުރިޔަށް ގެންދާއިރު މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަޔަށް ދާއިމީ ހައްލެއް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން ސީއެންއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މާލޭ ސިޓީ ކައުންސިލް ގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްއިން ވަނީ ދިރާސާއެއް ކޮށްފައި ކަމަށެވެ. އަދި މާލޭގެ މަގުތަށް ނުކޮނެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަލަށް މި ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓްގެ ދަށުން ކޮންސްޓަރަކްޝަން މަސައްކަތުގައި ޑިވޯޓާ ކުރުމަށް ހައްލެށް ލިބިގެން ދާނޭ ކަމަށެވެ. އަދި ފަޔާ ހައިޓްރަންޓް ސިސްޓަމެއް ބޭނުން ކުރާނެ ޕައިޕްލައިން ވެސް އެޅިގެން ދާނެކަމަށެވެ.

މާލޭގައި މިހާރު ގާއިމް ކޮށްފައިވަނީ ދުވަސްވީ ފެނާއި ނަރުދަމާގެ ނިޒާމަކަށް ވާއިރު މާލޭގައި އިމާރާތްތައް ގިނަވެ މައްޗަށް ދާ މިންވަރު ވަނީ ދިރާސާ ކުރުމަށް ހަމަޖެހިފައިވާކަމައި މިޕޮރޮޖެކްޓްގެ ދަށުން އެމްޑަބްލިއުއެސްސީ އިން ދަނީ އެ ނިޒާމުގެ ޕައިޕްލައިންތައް ބަދަލުކޮށް ހޮޅިތައް އަޅަމުންކަމަށް ޒަމީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކަކީ ކުޑަކޮށްވެސް ވާރޭ ވެހިލާއިރަށް ފެން ބޮޑުވާ މަގުތަކަށް ވުމުން އެ މައްސަލަ ދިރާސާކޮށް ވޭތުވެދިޔަ 10 އަހަރަށް ބެލުމަށް ފަހު ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ ނިޒާމެއް ސިޓީ ކައުންސިލް އިން އާ ޕޮރެޖެކްޓްގެ ތެރެއިން ވަނީ ޑިޒައިން ކޮށްފަކަމަށާއި ލޯފަން މީހުންނަށް ފަސޭހައިން ހިނގާބިގާވެ އުޅެވޭނެހެން ބްރައިލް ބްލޮކްސް ހަރުކުރެވިގެންދާނެ ކަމަށް ޒަމީރުވަނީ ވިދާޅުވެފައެވެ.

އަދި މިޕްރޮޖެކްޓްގެ ތެރެއިން މާލޭގެ ބައެއް މަގުތަކުގައި ދުއްވާ އެއްޗެއްސަށް ނުވަދެވޭނެ ގޮތަަށް ހަމަޖެހިގެން ދާނެ އަދި ބައެއް މަގުތަކަށް ދުއްވާ އެއްޗެހި ވަކި ވަރަކަށް ވަދެވޭނެ ގޮތަށް ކަނޑައެޅިގެން ދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ޒަމީރު ވިދާޅުވީ މާލޭގައި ދުއްވާ އުޅަނދުގެ ނިސްބަތް ދިރާސާކޮށް އަހަރަކަށް ރާއްޖެ އެތެރެކުރޭނެ ދުއްވާ އެއްޗިހީގެ އަދަދު ކަނޑައެޅިގެން ދާނެކަމަށެވެ.

މާލޭގައި ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ހައްލު ގެނައުމަށް ޕާކިން ބިލްޑިން އަދި ޕޭވްޕާކިން ކަޑައެޅިގެން ދާނެކަމަށް ޒަމީރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކަށް ދިމާވެފައިވާ މި މައްސަލައަކީ ޒަމާންވީ މައްސަލައަކަށް ވާއިރު އެތައް ސަރުކާރަކުން ވަނީ މިކަން ހައްލުކުރުމަށް މަސައްކަތްކޮށް ފެއިލްވެފަ އެވެ. މި ކަމަށް މި ސަރުކާރުން ހައްލެއް ގެނެސްދޭނެކަމަށް ގިނަ ބަޔަކު ދަނީ އުންމީދުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް