ads
ރޮނާލްޑޯ، ޕެލޭ އަދި މެސީ
ރޮނާލްޑޯ ބަލިވިއިރު، މެސީ ޕެލޭގެ ރިކޯޑް މުގުރާލައިފި
އިޓާލިއަން ލީގުގައި ރޮނާލްޑޯ ކުޅޭ ޔުވެންޓަސް ބަލިވިއިރު، ސްޕެނިޝް ލީގުގައި މެސީ ޖެހި ގޯލާއި އެކު އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑް މެސީ މުގުރާލައިފިއެވެ.

އިޓާލިއަން ލީގުގައި ރޮނާލްޑޯގެ ޔުވެންޓަސް ބަލިވީ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން ތިން ލަނޑު ސުން ލަނޑުންނެވެ. މިއީ މި ސީޒަންގައި އިޓާލިއަން ލީގުގައި ޔުވެންޓަސް ބަލިވީ ފުރަތަމަ މެޗެވެ. އަނެއްކޮޅުން، ރޮނާލްޑޯގެ ވާދަވެރި މެސީ، ޕެލޭގެ ރެކޯޑް މުގުރާލީ ރެއާލް ވަޔަޑޮލިޑް ކޮޅަށް ސްޕެނިޝް ލީގުގައި ޖެހި ގޯލާއެކުއެވެ.

ރޭގެ ލަނޑަކީ މެސީ ބާސެލޯނާއަށް ޖެހި ހަ ސަތޭކަ ސާޅީސް ހަތަރުވަނަ ލަނޑެވެ. ރެއާ ހަމައަށް އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮންނަނީ ޕެލޭ އަތުގައެވެ. އެއީ ބްރެޒިލްގެ ސަންތޯސްއަށް ޕެލޭ ޖެހި ހަ ސަތޭކަ ސާޅީސް ތިން ގޯލުގެ ރެކޯޑެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް