ads
"ޗަޕާކް" ވެސް ލީކު ވެއްޖެ
ބޮލީވުޑުގެ ކާމިޔާބު ފަންނާނު ދީޕިކާ ޕަޑުކޮން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކު ވެސް ލީކު ވެއްޖެއެވެ.
ބޮލީވުޑުގެ ކާމިޔާބު ފަންނާނު ދީޕިކާ ޕަޑުކޮން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކު ވެސް ލީކު ވެއްޖެއެވެ.

ޗަޕާކް ނެރެފައިވަނީ އިއްޔެއެވެ. ފިލްމު ނެރުނުތާ 24 ގަޑިއިރު ނުވަނީސް ފިލްމު އޮންލައިންކޮށް ލީކު ކޮށްލާފައިވާއިރު ފިލްމު ލީކުކޮށްލާފައިވަނީ ތަމިލް ރޮކާސްއިންނެވެ. ތަމިލް ރޮކާސް އިން ވަނީ މިއަހަރު ނެރުނު ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ލީކުކޮށްލާފައެވެ.

"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދަނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް