ads
ހުޅުމާލެ ޕޫލް --- ފޮޓޯ: ސްވިމިންގް އެސޯސިއޭޝަން
ހުޅުމާލޭ ސްވިމިން ޕޫލް އާންމުންނަށް ހުޅުވާލައިފި
ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބަލަހައްޓަމުން އަންނަ ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމްކޮށްފައިވާ ސްވިމިންގް ޕޫލް އާންމުންނަށް ހުޅުވާލައިފި އެވެ.

ސްވިމިންގެ އެސޯސިއޭޝަނުން ބުނީ މި ޕޫލް އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވަނީ ޕޫލް މެމްބާޝިޕް އުސޫލުން ކަމަށެވެ.

އެގޮތުން ދިވެހިންގެ މެމްބަޝިޕް ފީއަކީ މަހަކަށް 1500 ރުފިޔާ ނުވަތަ ދުވާލަކު 150 ރުފިޔާ (އެއް ގަޑިއިރަށް) ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ބިދޭސީ މެންބަރުންނަށް މަހަކު 3000 ރުފިޔާ ނުވަތަ ދުވާލަކު 300 ރުފިޔާ (ދުވާލަކު އެއް ގަޑިއިރު) ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހުޅުމާލޭ ޕޫލު ބުކް ކުރުމަށާއި މެމްބާޝިޕް ފީ ދެއްކުމަށް 7800096 އަށް ގުޅުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

ސްވިމިންގެ އެސޯސިއޭޝަނުން ބުނީ ޕޫލް ބޭނުން ކުރާ އެންމެންވެސް ޕޫލް ބޭނުން ކުރުމުގެ އުސޫލުތަކަށް އަމަލުކުރަން ވާނެ ކަމަށެވެ. އަދި ޕޫލް ބޭނުން ކުރުމުގެ ފުރުސަތު ދިނުމުގައި ޕޫލް ބުކް ކުރާ ތަރުތީބަށް އިސްކަންދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން އާންމުންނަށް ޕޫލް ބޭނުން ކުރުމުގެ ފުރުސަތު ދެވޭނީ ފެތުރުމުގެ ގައުމީ ސްކޮޑްތަކުގެ ފެތުންތެރިން އަދި ސްވިމިންގް އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައި ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހުކުރާއި ހޮނިހިރު ދުވަސްތަކަކީ އާއިލާތަކާއި ގްރޫޕުތަކަށް ހާއްސަކޮށްފައުވާ ދެ ދުވަސް ކަމަށް ސްވިމިންގެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އާއިލާތަކަށާއި ގްރޫޕުތަކަށް ޕޫލް ބޭނުން ކުރެވޭނީ ކަނޑައަޅާފައިވާ ޕޫލް ފީ ދެއްކުމަށްފަހު ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އޭގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށް ޕޫލް ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި މަހުން މަހަށް ފީ ދައްކާ މީހުންނަށް ސްލޮޓް އެލޮކޭޓް ކުރެވޭނެ ކަމަށާއި، އެނޫން ގަޑިތަކުގައި އެމީހުންނަށް ޕޫލު ބޭނުން ނުކުރެވޭނެ ކަމަށް ސްވިމިންގެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ކޮންމެ މީހަކަށްވެސް ޕޫލު ބޭނުން ކުރެވޭނީ ދުވާލަކު އެއް ގަޑިއިރަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ ޕޫލަކީ ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ޕޫލެކެވެ. ނަމަވެސް މިއީ އޮލިމްޕިކްސް ސައިޒްގެ ޕޫލެއް ނޫނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް