ads
މާފުށީގެ ސަންރައިސް ބީޗް ގެސްޓްހައުސް-- ފޮޓޯ: ބުކިން ޑޮޓްކޮމް
ރާއްޖޭގެ ހުރިހާ ގެސްޓްހައުސެއް ހުޅުވައިފި
އިތުރު ދިހަ ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަދީ، ހިންގުމަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސެއްގެ ހިދުމަތްތައް ފަށައިފި އެވެ.

އިއްޔެ ހުޅުވައި ހިންގުމަށް ހުއްދަދިން ދިހަ ގެސްޓްހައުސާއި އެކު 170 އެނދު ވަނީ ހުޅުވައިފަ އެވެ. އެހެންކަމުން ރާއްޖޭގެ ޖުމްލަ 210 ގެސްޓްހައުސެއްގެ 4،098 ވަނީ ފަތުރުވެރިންގެ ހިދުމަތަށް ހުޅުވައިލެވިފަ އެވެ.

އިއްޔެ އަލުން ހުޅުވަށް ހުއްދަ ދިން ގެސްޓްހައުސްތަކަކީ:

  • ސަމަން ހޮސްޓްސް (މާލެ): 24 އެނދު
  • ސަނީ ސޫޓްސް އިން: (ހުޅުމާލެ): 14 އެނދު
  • ޓްރޮޕިކް ވިލެޖް (ބ. ފެހެންދޫ): 20 އެނދު
  • ކުރެދި ބީޗް އިން (ކ. މާފުށި): 24 އެނދު
  • ކިންގްސްވޭ (އއ. ތޮއްޑޫ): 22 އެނދު
  • ފުލިދޫ ލަ ޕާލާ ގެސްޓްހައުސް (ވ. ފުލިދޫ): 6 އެނދު
  • ސީނާ އިން (ވ. ފުލިދޫ): 10 އެނދު
  • ވެލާ ގެސްޓްހައުސް (ވ. ފުލިދޫ): 6 އެނދު
  • ހެވަނަ (ވ. ކެޔޮދޫ): 10 އެނދު
  • ޒީރޯ ޑިގްރީ ރެޒިޑެންސް (ފުވައްމުލަކު ސިޓީ): 24 އެނދު
  • ޕެބަލްސް އިން (އައްޑޫ ހިތަދޫ): 28 އެނދު

ބޯޑަރު ހުޅުވާލިފަހުން ޓޫރިޒަމް މިނިސްޓްރީން ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދޫކުރަނީ ވަކި ހާއްސަ އުސޫލުތަކުން ކަމަށްވާ އިރު، ހުއްދައަށް އެދޭ ގެސްޓްހައުސްތަކުން ވަކި ކަންތައްތަކެއް ފުރިހަމަކޮށް، މިނިސްޓްރީ އަށް އެސްއޯޕީއެއް ހުށަހަޅަން ޖެހެއެވެ.

އޮކްޓޯބަރު 15 އިން ފެށިގެން ގެސްްޓްހައުސްތައް ހުޅުވަން އަލުން ހުއްދަތައް ދެމުންދާ އިރު، އެންމެ ފުރަތަމަ ހުއްދަ ދޫކޮށްފައިވަނީ އަތޮޅުތަކުގެ ގެސްޓްހައުސްތަކަށެވެ. މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަދީފައިވަނީ އޭގެ ދެ މަސްދުވަސް ފަހުންނެވެ.

މާލޭ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދިނުން މަޑުޖައްސާލާފައިވަނީ އޭރު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުންނެވެ.

އެއާއި އެކު ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އެނދުތަކުގެ ތެރެއިން 80 އިންސައްތައަށް ވުރެ ގިނަ އެނދު ވަނީ ިހާތަނަށް ހުޅުވައިލެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް