ads
މިއަދު ފުރި ބައެއް މީހުން އެއާޕޯޓްގައި-- ފޮޓޯ: މޯލްޑިވިއަން-
ބަންގްލަދޭޝްއަށް އިތުރު 200 މީހަކު ފޮނުވާލައިފި
ބަންގްލަދޭޝްގެ އިތުރު 200 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އިތުރު 200 މީހުންނާއެކު މޯލްޑިވިއަންގެ ފްލައިޓެއް ފުރާފައިވާ ކަމަށެވެ. 

މިއީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރި ދަތުރެކެވެ. 

މިހާތަނަށް މޯލްޑިވިއަނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް، އެގައުމުގެ ރައްޔިތުން ގޮވައިގެން 40 އަށް ވުރެ ގިނަ ދަތުރުކޮށްފަ އެވެ. މިއާއެކު މޯލްޑިވިއަނުގެ ފްލައިޓްތަކުގައި ގެންދިޔަ މީހުންގެ އަދަދު 10،000 އާ ގާތްކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް