ads
ތިއުޅެނީ އުކުނޑި ކޮއްޓުން ނުހުއްޓުވިގެންތަ؟
ތިއުޅެނީ އުކުނޑި ކޮއްޓުން ނުހުއްޓުވިގެންތަ؟ އަވަހަށް މިކަންކަން ކޮށްލާ!!
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި އުކުނޑިކޮއްޓުމަކީ ސިކުންތުކޮޅަކަށް ހިތުގެ ހިނގުން ހުއްޓުމަކަށް އަންނަކަމެކެވެ. މާގިނައިރުވަންދެން އުކުނޑިކޮއްޓާނަމަ ހިތުގެ މަސްތައް ހަލާކުވުމަށް މަގުފަހިވެއެވެ. އަދި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތުވެސް އޮންނަކަމަށް ސިއްހީ މާހިރުން ބުރަވެއެވެ. ކުޅިއެއްޗެއް ކާލާއިރަށް ނުވަތަ ދުފާއެއްޗެތި ބޭނުންކޮށްލާއިރަށް ބައެއް މީހުންނަށް އުކުނޑިކޮއްޓުމާއި ކުރިމަތިލާން ޖެހެއެވެ. މިއީ ބައެއް ފަހަރު ވަރަށް ބޮޑަށް އުނދަގޫ ކުރުވާ މީހާގެ މޫޑަށްވެސް އަސަރުކުރުވާކަމެކެވެ.

އުކުނޑިކޮއްޓަން ދިމާވަނީ ޑަޔަފްރަމްއަށް އަންނަ ކޮންޓްރެކްސަންސްއާއި ގުޅިގެން ކުއްލިއަކަށް ވޯކަލް ކޯޑްސް ބަންދުވުމުންނެވެ. މިހެން ދިމާވުމުގެ ސަބަބުން ވާހަކަ ދެއްކުމާއި ކެއުމަށްވެސް އުނދަގޫވެއެވެ.

މިހެން ކުއްލިއަކަށް އުކުނޑިކޮއްޓަން ފެށުމުން ތަފާތު އެކި ގޮތްގޮތަށް އުކުނޑިން ސަލާމަތްވުމަށް މީހުން މަސައްކަތްކުރެއެވެ. އެގޮތުން ބައެއް މީހުން ފެންބޮއެވެ، އަދި ބައެއް މީހުން ވަގުތުކޮޅަކަށް ނޭވާވެސް ހިފަހައްޓައެވެ. މިހެން ކަންކަން ކުރުމުން ބައެއް ފަހަރު ރަނގަޅުވިނަމަވެސް ގިނަފަހަރަށް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

އެހެން ނަމަވެސް އުކުނޑިކޮއްޓުމުން ސަލާމަތްވުމަށް މިފަހަރު މިއޮތީ މުޖައްރިބު 5 ކަމެކެވެ. 

އަތްތިލައަށް ފިތާލާ

އެއް އަތުގެ އަތްތިލައިގަ އަނެއް އަތުގެ ބޮޑުވައި އިނގިއްޔާ މެދު އިނގިލި އަދި ކަށި އިނގިލި ބޭނުންކޮށްގެން ބާރަށް ފިތާލާށެވެ. މިހެން ހެދުމުން އަތަށް އަންނަ ޕްރެސަރގެ ސަބަބުން އުކުނޑިން ސަލާމާތްވުމަށް ސިކުނޑި މަސައްކަތްކޮށްދޭނެއެވެ.

މާމުއި އަދި ކާސްޓާ އޮއިލް 

1 ސަމްސާ މާމުއި އަދި 1 ސަމްސާ ކާސްޓަރ އޮއިލް އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް އިނގިލިތައް ލާށެވެ. މިހެން ދެތިން ފަހަރު ހަދާލާށެވެ. މިއީ ގަދީމީގޮތުން ކުރާކަމެކެވެ. އަދި މިކަމުގެ ސަބަބުން އުކުނޑިކޮއްޓުން ހުއްޓުވައެވެ.

 

ލެމަން ވެޖް (ލުނބޯ ފޮތި) 

ލުނބޯ ފަޅާލުމަށްފަހު ލުނބޯ ފޮއްޗެއް މަޑުމަޑުން ބޯލާށެވެ. ލުނބޯއަކީ އޭގެ ޒާތުގައި ވަރަށް ހުތްއެއްޗަކަވުމުން މިއީ އުކުނޑިކޮއްޓުން ހުއްޓުވުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.

ކަންފަތުގެ ފަހަތުގައިވާ ނާރުތައް މަޑުމަޑުން މަސާޖް ކޮށްލާ

ކަންފަތުގެ ފޫޅުގަނޑު ފަހަތުގައިވާ މަޑު ސަރަހައްދުގައިވާ ނާރުތައް މަޑުމަޑުން މަސާޖުކޮށްލުމަށްފަހު ފިތާލައިގެން އިރުކޮޅަކުހުރެފަ ދޫކޮށްލުމުންވެސް އުކުނޑިކޮއްޓުމުން އިސާހިތަކު ދުރުވެއެވެ.

އިށީނދެލާފަ ދެކަކުލުގައި ބައްދާލާ

ރީއްޗަށް ތަނެއްގައި އިށީނދެލާފަ ދެފައި ގަޔާކައިރިކޮށްލާ ދެކަކުލުގައި ރީއްޗަށް ބައްދާލާށެވެ. މިހެން ހެދުމުން ޑަޔަފަރަމްގެ ކޮންޓްރެކްސަންސް މަޑުވެ އުކުނޑިކޮއްޓުން ހުއްޓުވައިދޭނެއެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް