ads
ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހުލޫފް—
ހުޅުމާލެ ޕޫލްގެ މަސައްކަތުގެ ކްރެޑިޓް ހައްގީ ރައީސް ޔާމިނަށް: މަހުލޫފް
ސްވިމިންގެ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބަލަހައްޓަމުން އަންނަ ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގައި ހުންނަ ސްވިމިންގް ޕޫލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތެއް ކަމަށާއި، ކްރެޑިޓް ދޭން ޖެހޭނީވެސް ރައީސް ޔާމީނަށް ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިހެން ވިދާޅުވީ ހުޅުމާލެ ސްވިމިން ޕޫލް އާންމުންނަށް ހުޅުވާލުމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ކުރެއްވި ޓުވީޓުގައި މަހުލޫފަށް އަމާޒުކޮށް ޕޫލްގެ މަސައްކަތުގެ ކްރެޑިޓްވެސް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށްތޯ ސުވާލުކުރައްވާފައިވެއެވެ. 

މިކަމަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ އެ މަސައްކަތަކީ ރައީސް ޔާމީންގެ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ކްރެޑިޓްވެސް އޮތީ ރައީސް ޔާމީނަށް ކަމަށެވެ. 

މީގެ އިތުރުން އެޗްޑީސީއަށް ދައްކަން ޖެހޭ 16 މިލިއަން ރުފިޔާ ދެއްކީ މިސަރުކާރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު އެކަމުގެ ކްރެޑިޓް ނުނަންގަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަފުލޫފް ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އޮލިމްޕިކް ސްޓޭންޑަޑްގެ ސްވިމިންގް ޕޫލެއް އެޅުމަށް ކަމަށެވެ. އަދި ސްވިމިންގް ޓްރެކްގެ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މި ޕޫލަކީ ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ޕޫލެކެވެ. ނަމަވެސް މިއީ އޮލިމްޕިކްސް ސައިޒްގެ ޕޫލެއް ނޫނެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް