ads
ފުޅަދޫ---
ފުޅަދޫއަށް ގެސްޓުން އަރާތީ މުޒާހަރާ ކުރަނީ
ބ. ފުޅަދޫގައި ރައްޔިތުން ގެ ބަޔަކު ނުކުމެ އެރަށަށް ފަތުރުވެރިން އެރުވުމާއި ދެކޮޅަށް މުޒާހަރާކުރަން ފަށައިފިއެވެ.

އެރަށުގެ ބައެއް އާންމުން ރަށުގެ ކައުންސިލް އިދާރާ ކައިރީގައި މުޒަހަރާ ކުރަނީ އެރަށުގެ ގެސްޓްހައުސަކަށް ފަތުރުވެރިން ގެންނާތީ، ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެކުލަވާލި އުސޫލާއި އެއްގޮތަށް ކަރަންޓީނަކާއި ނުލާ އެ ރަށު ރައްޔިތުންނަށް ތަންތަނަށް ފުރޭނެ ގޮތް ނެތުމުން އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.

އެކަމާއި ގުޅިގެން ސީއެންއެމުން އެ ރަށުގެ ކައުންސިލް އިދާރާ އަށް ގުޅުމުން އެ އިދާރާގެ ބޭފުޅަކު ވިދާޅުވީ މުޒާހަރާ ކުރިއަށް ދަނީ ސުލްހަވެރިކޮށް ކަމަށާއި، ކައުންސިލުން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އަހަމުންދާ ކަމަށެވެ،

މީގެ އިތުރުން އެ ބޭފުޅާ ވިދާޅުވީ މިކަމާއި ގުޅިގެން އެރަށުގެ ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ކަމާއި ބެހޭ ފަރާާތްތަކަށް ހިއްސާކުރަމުން އަންނަ ކަމަށެވެ.

މީގެ ހަފްތާތަކެއް ކުރިން ބ. ދަރަވަންދޫގައި ގައި އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރުމުގެ ސަބަބުން އެ ރަށުގައި ހިންގާ ގެސްޓްހައުސް ވިޔަފާރި ވަގުތީގޮތުން މެދުކަނޑާލާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް