ads
ބަޓްލަރު އެކަޑެމީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ބަޓްލަރުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލާ އެކަޑެމީ އާއި ދެމެދު ބަޓްލަރުން ތަމްރީނު ކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާނެވެ. އަދި ބަޓްލާ އެކަޑެމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑެމީގެ ޑިރެކްޓަރު މުހައްމަދު ޔަމާނީ އެވެ.

މިއަދު ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބަޓްލާ އެކަޑެމީގެ ސެޓިފިކެޓް އެންޑޯޒް ކޮށްދިނުމުގެ އިތުރުން ބަޓްލަރުން ތަމްރީނުކުރުމާއި ގުޅޭ ކަންތައްތަކުގައި މިނިސްޓްރީއަށް ބަޓްލާ އެކަޑެމީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ބަޓްލާ ޓްރެއިނިން ކޯސް ހިންގުމާއި، މިނިސްޓްރީ އާއި ބަޓްލާ އެކަޑެމީ އާއި ގުޅިގެން ބަޓްލާ ޕްރޮފެޝަނަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ބަޓްލަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ރާއްޖެއަށް މުހިއްމު ޕްރޮގްރާމެއް ކަމަށް ފާހަގަކުރައްވައި، ބަޓްލަރުންގެ ވަޒީފާއަކީ ހުނަރުވެރި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ވާތީ އެކަމަށް ގިނަ ދިވެހިން ކުރިމަތިލާނެ ކަމަށް އުންމީދު ކުރައްވައިފަ އެވެ.

ބަޓްލާ އެކަޑެމީގެ ޑިރެކްޓަރު މުހައްމަދު ޔަމާނީގެ ވާހަކަފުޅުގައި އަމިއްލަ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީ އާއި ގުޅިގެން ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގެސްޓުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ބަޓްލަރުން ބޭނުންކުރާ ކަން ފާހަގަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް