މިނިސްޓަރު މަހުލޫފް- ފޮޓޯ: ވަން
ރައީސް ޔާމީން އާ ރައީސް ސޯލިހްގެ ސަރުކާރުގެ ތަފާތު ބޮޑު: މަހްލޫފް
Share
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ތަފާތު ބޮޑުކަމަށާއި ގިނަ ކަންތަށްތަކެއް މިހާރު ބަަަދަލުވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
Advertisement

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު މަހްލޫފް ވިދާޅުވީ ތަފާތަކީ މިއީ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އޭރު 2015 ވަނަ އަހަރުގެ މާޗު މަހު އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއް ބާއްވަން ހުއްދަ ދިނުމަށްފަހު ދެން ހުއްދަ އެއް ދީފައިވަނީ އޭގެ ތިން އަހަރު ފަހުން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ އޭރު ހުއްދަދީފައިވަނީ ރައީސް ސޯލިހްގެ ކެމްޕެއިން ބޮޑު ޖަލްސާ ބާއްވަން ކަމަށެވެ. މިއަދު އެކަންކަން ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްފައިވާ ކަމަށް އިދިކޮޅުން މިއަދު ވަނީ ބުނެފައެވެ. 

އެ ހުއްދަ އެޗްޕީއޭ އިން މިފަހަރު ދިންއިރު މިފަހުން ވެސް ކާނިވަލުގައި ޖަލްސާއެއް ބާއްވަން އެޗްޕީއޭގެ ހުއްދައަށް އިދިކޮޅުން އެދުނެވެ. އެހެންނަމަވެސް ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން ވަނީ ވާޗުއަލްކޮށް ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ. 

އިދިކޮޅުން ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ އެ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފަ އެވެ. 

ސުޖާއު ވިދާޅުވި ގޮތުގައި މި ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުންނެވެ.

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް