ads
ވީޑިއޯ ރިޕޯޓް-
އާ ވޭރިއަންްޓްގައި ވެކްސިން ހެދުމަށް ބޭނުންކުރި ޕްރޮޓީން: ވެކްސިނަށް ވާނީ ކިހެނެއް؟
ކޮވިޑް-19 ގެ ބަލިމަޑުުކަން އައިސް މުޅި ދުނިޔެ ވަށާލިތާ އަހަރެއް ވެގެންދިޔައީ އެވެ. ބަލިމަޑު ކަމުން ސަލާމަތްވުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާ މުއައްސަސާތަކުގެ މަަސައްކަތަކަށް ލުޔެއް ލިބޭ ކަމުގެ ކޮޅުމަތިވެސް ނުފެނެއެވެ.

ބަލިމަނޑުކަމުން ސަލާމާތް ވުމަށް އޮތް ހަމައެކަނި ހައްލަކީ ވެކްސިނެއް އުފެދިގެން ދިޔުންކަމަށް ދުނިޔޭގެ ސިއްހަތަު ޖަމިއްޔާއިން އިއުލާންކުރުމާއިއެކު ދުނިޔޭގެ މަޝްހޫރު އެތައް ކުންފުންޏަކުން ދިޔައީ ބައްޔަށް ފަރުވާދެވޭނެ ވެކްސިނެއް އުފެއްދުމަށް ރެއާ ދުވާލު ކެނޑިނޭޅި މަސައްްކަތް ކުރަމުންނެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން އެކި ކުންފުނިތަކުން ބައްޔަށް ފަރުވާދެވޭނެ ކަަމަށް ދައުވާ ކުރާ ކާމިޔާބު އެތައް ވެކްސިނެއް އުފައްދާ އާއްމުންނަށް ދިނުމަށް މިއަންނަ އަހަރުގެ ކުރީކޮޅު ތައްޔާރުވަމުންދަނިކޮށް އަނެއްކާވެސް އަޑު ގަދަވެގެން ދިޔައީ ކޮވިޑްގެ ތެރެއިން އިނގިރިސިވިލާތުން އިތުރު ވޭރިއަންޓެއް ފެނިގެން އުޅޭ ކަމުގެ ވާހަކަތަކެވެ. 

މުޅި ދިނިޔެއަށް ޖެހިފައިވާ އާލަމީ ވަބާއަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދު އާވެ،އާވެ، ތިއްބާ ބަލީގެ ތެެރެއަށް އިތުރު ބަލިމަޑުކަމެއް އައުންވީ އަނެއްކާވެސް ސިއްހީ މާހިރުންނާއި ސައިންޓިސްޓުންގެ ބޯ އިތުރަށް ގާނަން ޖެހުނު ކަމަކަށެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި ޔޫކޭއިން ވަނީ މީގެކުރިން ނުފެންނަ ވޭރިއަންޓެއް އެ ގައުމުން ފެނިފައިވާކަން އިއުލާންކޮށްފައެވެ. އިންގްލޭންޑުގައި އަދި ވަކިން ހާއްސަކޮށް ސައުތު އީސްޓުގައި މި ވޭރިއަންޓް ފެތުރެން ފަށާފައިވަނީ ސެޕްޓެމްބަރުގެ ތެރޭގައެވެ. އަދި ޑިސެމްބަރު މަހާއި ހަމައަށް އައި އިރު އެ ވޭރިއަންޓްގެ ސަބަބުން ފެންނަ ކޭސްތައް ވަނީ އިތުރުވެފައެވެ.

އެންމެ ފުރަތަމަ އަޑުތައް ފެތުރިގެން ދިޔަގޮތުނަމަ މިއީ ސްޓްރެއިންނެއް ނަމަވެސް މިހާރު ހޯދިފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިއީ ސްޓްރެއިނެއް ނޫނެވެ. ސްޓްރެއިންނަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ވައިރަސް އައުމުންނެވެ. އަދި މިއީ އާ ވައިރަހެއް ވެސް ނޫނެވެ. މިއީ ކޮވިޑްގެ ތެރެއިން އުފެދުނު ވައިރަސް ކުޑަކޮށް ބަދަލުވެ އުފެދިފައިވާ ވައިރަސްއެކެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކާގޮތުގައި އަލަށް ފެނިފައިވާ މި ވޭރިއަންޓްގެ ތަފާތަކީ އޭގައި އާދަޔާއި ހިލާފަށް ގިނަ މިޔުޓޭޝަން ހުރުމެވެ. އެ މިޔުޓޭޝަން އުފެދިފައި ހުންނަނީ ކޮވިޑް ވައިރަހުގެ ބޭރުގައި ހުންނަ ސްޕައިކް ޕްރޮޓީންގައެެވެ. އެ ސްޕައިކް ޕްރޮޓީންއަކީ ވެކްސިންގައި ވެސް ބޭނުންކުރާ ޕްރޮޓީން ކަމަށް ވާތީ މިހާރު ސުވާލަކަށް ވެފައިވަނީ އުފައްދަމުން ގެންދާ ނުވަތަ މިހާރު ހުރި ވެކްސިންތަަކަށް އޭގެން އެއްވެސް އަސަރެއް ކުރާނެތޯ ނޫނީ އަސަރު ކުޑަވެގެންދާނެތޯ ކުރެވޭ ސުވާލެވެ. 

މިކަމާއި ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެ ސުވާލުގެ ޖަވާބު އަދި މިހާތަނަށް ސީދާ ލިބެން ނެތް ކަމަށާއި އެކަމުގެ ތަހުލީލުތައް ކުރެވި ޖަވާބު ލިބޭނެ ކަމަށް ބެލެވެނީ ދެ ހަފްތާ ވަރު ފަހުން ކަމަށެވެ. 

"އަދި މީގެ ޖަވާބެއް އަޅުގަނޑުމެންނަށް ސީދާ ލިބޭ ކަށެއް ނެތް ގިނަ ބޭފުޅުން ވިދާޅުވަނީ އެހެން އެގޮތަށް ދިމާވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އެހެންނަމަވެސް މިކަމާއި ގުޅޭ ސްޓަޑީތަށް ކުރެވެމުންދަނީ ކުރިއަށް އޮތް ދެ ހަފްތާވަރު އެންމެ މަދުވެގެން ނަގާނެކަމަށް މިކަމާއި ބެހޭ ގޮތުން ދިރާސާތައް ކޮށްފަ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ބައޯޓެކްގެ ޗީފް އެކްޒިކިޔުޓިވް އޫގަރް ސާހިން ބުނަނީ އާ ވައިރެންޓްގައި ހިމެނޭ ސްޕްއިކް ޕްރޮޓީންގެ ސަބަބުން އެ ކުންފުނީގެ ވެކްސިނަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި ކޮވިޑާއި ދެކޮޅަށް އެ ވެކްސިން "ފުރިހަމަޔަށް މަސައްކަތް ކުރުން، ނުކުރުމަށްވުރެ ގާތް" ކަމަށެެވެ. 

ސެޕްޓެމްބަރު މަހުން ފެށިގެން އިނގިރޭސިވިލާތުން ފެނިފައިވާ އެ ވޭރިއަންޓް އާއި ގުޅިގެން މިހާތަަަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު އިނގިރޭސިވިލާތުން ބޭރުގައިވެސް އެ ވޭރިއަންޓް ފެނިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އިނގިރޭސިވިލާތަކީ ދުނިޔޭގައިވެސް އެންމެ ގިނައިން ޖީންސް ސީކްއެންސިން ހަދާ އެއް ގައުމުކަމަށް ވާތީ ގަމުގައި އެ ވޭރިއަންޓް އުޅޭކަމަށް ދައްކަނީ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެހެެންނަމަވެސް އެ މިންވަރަށް ސީކުއެސްސިން ނުހަދާ ގަައުމުތަކުގައި ވެސް ވޭރިއަންޓް އުޅުން އެކަށީގެންވާ ކަމަށާއި އިތުރު ގައުމުތަކަށް ފެތުރިފައި އޮވެދާނެކަމަށް ބެލެވޭ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ސައުތު އެފްރިކާއިން ވެސް އާ ވޭރިއަންޓެއް ވަނީ ފެނިފައެވެ. އަދި އެއާއި ތަފާތު އެހެން ވޭރިއަންޓެއް ނައިޖީރިއާގައިވެސް މިހަފްތާ ތެރޭގައި ވަނީ ފެނިފައެވެ.

މިހާތަނަށް އިނގިރޭސިވިލާތުގައި މިކަމާއި ގުޅޭގޮތުން ކުރެވުނު ދިރާސާތަކަުން ދައްކާ ގޮތުގައި މި ވޭރިއަންޓް ވައިރަސްގެ އެހެން ވަައްތަރުތަކާއި ހިލާފަށް ހަލުވިކަމާއިއެކު ފެތުރުނުނަމަވެސް މި ވޭރިއަންޓްގެ ސަބަބުން ބަލި ޖެހޭ މީހުން އިތުރަށް ސީރިއަސްވާކަން ފާހަގައެއް ނުކުރެވެއެވެ.

ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދިޔަ އޮންލައިން ބްރީފިންގެ އެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކިއުޓިވް ޑިރެކްޓަރު، މައިކް ރަޔަން ވިދާޅުވީ މިފަދަ ހާލަތެއްގައި އާންމުންނަށް ކަން ހިނގަމުން އަންނަ ގޮތް ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެފަދައިން އިނގިރޭސިވިލާތުން ފެނުނު ކޮރޯނާގެ އާ ވައިރަންޓަކީ މިފަދަ ވައިރަހެއް "އެވޯލް" ވުމުގެ ތެރޭގައި ހިމެނޭ އާންމު ކަމެއް ކަމަށް ރަޔަން ވިދާޅުވިއެވެ.

ރަޔަން ވިދާޅުވީ ސައިންސްވެރިންގެ އެހީއާއެކު ކަންހިނގަމުން އަންނަ ވަގުތު މި ފަދަ ވައިރަހެއް އެވޯލްވާ ގޮތް ދެނެގަނެވޭ ކަމީ ރަނގަޅު ފާލެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުން ފެނުނު ކޮރޯނާގެ އާ ވައިރަންޓާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ވައިރަންޓަކީ ނުރައްކާތެރި ވައިރަހެއް ކަމަށް ނުބެލެވޭ ކަމަށް ރަޔަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ އާ ވައިރެންޓެއް ފެނުމާއި ގުޅިގެން އެކި ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރު ކުރުން ހުއްޓާލާފައެވެ. އަދި މިކަމާ ގުޅިގެން ސައުދީންވަނީ އުމްރާ ދަތުރުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. 

އީޔޫގައި ހިމެނޭ ގިނަ ގައުމުތަކުންވެސް ވަނީ އިނގިރޭސި ވިލާތަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. މިކަމާ ގުޅިގެން އީޔޫއިން ވަނީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރުމައި އަޅާފައިވާ ފިޔަވަޅުތައް ނެގުމަށް އެދިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުން ރާއްޖެ "ހަންނޮޅޭތާ" ގާތްގަނޑަކަށް މިހާތަނަށް ނުވަ މަސްވެގެން ދިޔައިރު ކޮންމެ ދުވަހަކު ފެންނަ މަދު ކޮވިޑް ކޭސްތަކާއިއެކު މިހާރު މިވަނީ ބަލިމަޑުކަމުން ސަލާާމަތް ވެވޭނެ ކަމުގެ ފެހި ސިގުނަލް ރާއްޖެއިން ދިއްލެން ފަށާފައެވެ. އެހެންނަަމަވެސް އަނެއްކާވެސް އާ ވޭރިއަންޓެއް ފެނުން މަށްޗަށް ހިތްލާލާ ބޮމަތިވެދާނެ ކަމުގެ ރަގަބީލުގެ އަޑު މިވަނީ ގަދަވެފައެވެ. މިވޭރިއަންޓް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވިނަމަވެސް ރާއްޖޭގެ ސިއްހީ އިދާރާތަކުން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ލިބުނު އިބުރަތުން ފިލާވަޅު ނަގައިގެން "ހުން އަންނާނެ ކަމަށް ރަޖާ ލަމުން" ނެވެ. 

އަދި މިއީ މިކަމަށް އޮތް ހަމަ އެކަނި ހައްލުވެސް މެއެވެ. ދުނިޔޭގައި އުފެދެމުން އަންނަ މި ރޯޅި ރާއްޖެއަށް ނާރާނެ ކަމަށް ބަލައި ތިބެވޭކަށް ވެސް ނެތެވެ. 

މިކަމާއި ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނޭނގި ނަމަވެސް ރާއްޖެއަށް ކޮވިޑްގެ އިތުރު ވޭރިއަންޓެއް އައިސްފިނަމަ ރައްކާތެރިކަން ލިބޭ މިންވަރަށް ބެލުމަށްފަހު، މިކަން އިތުރަށް ދިރާސާކޮށް، މިކަމަށް ފިޔަވަޅެއް އެޅުމަށް ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އަދި މި ވޭރިއަންޓާއި ގުޅިގެން ކުއްލިއަކަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، ވިސްނައިގެން ކަންކަން ކުރިއަށްގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ. މިހާތަނަށް އައި އިރު އެއް މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 ގެ ސަބަބުން ދުނިޔެއިން މަރުވެފައިވާއިރު 79 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް