ads
ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރު ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވަން ތައްޔާރުވަނީ
ހުޅުމާލެ ހޮސްޕިޓަލްގައި އަންނަ އަހަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އާއި އެ މަރުކަޒު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެ ހޮސްޕިޓަލުގެ އިސްވެރިން ވަނީ ނައިބާ ރައީސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަރުކަޒު ގާއިމުކުރުގެ އަމަލީ މަސައްކަތާއެކު، އެ ތަނަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމާއި، އަންނަ އަހަރު މަރުކަޒު ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ، ތައްޔާރުކުރެވިފައިވާ ޓައިމްލައިންއާ އެއްގޮތަށް މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ މަރުކަޒެއް ބިނާކުރުމުގައި ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ނައިބް ރައީސް ހުޅުމާލޭ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާ މަރުކަޒު ގާއިމުކުރަމަށް ހަމަޖެހިފައިވާ ސަރަހައްދު ބައްލަވާލައްވާފަ އެވެ.

އެ މަޝްވަރާތަކުގައި ނައިބް ރައީސްގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ޑރ. އަބްދުލްމަލިކާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް