ads
ފޮޓޯ:ޓްވިޓާ
ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރާނެ ޕްލޭނަށް އަމަލުކުރަން ފަށައިފި
"ދިވެހިރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން" އާއްމުކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްްޓްރީން އާއްމުކޮށްފައިވާ ޕްލޭންގައިވާ ގޮތުން އެ ޕްލޭންގެ މަގުސަދަކީ، ރާއްޖޭގައި ކުރެވޭ ފަރުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ފަރުމަހުގެ މަސްވެރިކަން ބަލަހައްޓައި، ފަރުމަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ ހަރަކާތްތައް މެނޭޖްކޮށް، މި މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައިދިނުމާއި، ފަރުމަހުގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގުދައްކައިދިނުމެވެ.

އެ ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތަކީ، ފަރުމަހުގެ އެންމެހައި ބާވަތްތަކާއި އެ ބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތަކެވެ. ރާއްޖޭގައި ހިންގާ، ފަރުމަހުގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެއެވެ. އޭގެ ތެރޭގައި، ފަރުމަހުގެ މަސްވެރިކަން ކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި، ޕްރޮސެސް ކުރުމާއި، ގަނެވިއްކުމާއި، ރާއްޖެއިން ފަރުމަހުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނެ އެވެ. އަދި މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި، އުޅަނދުފަހަރަށާއި، ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށްވެސް މި ޕްލޭން ހިނގާނެއެވެ.

ފަރުތަކުގެ ވަސީލަތްތަކުގެ ތެރެއިން މައިކަށި ނެތް ދިރުންތައް އަދި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގެ ތެރެއިން ފަރުމަހުގެ ވަސީލަތްތަކަށް އަމާޒުކޮށްގެން ކުރާ މަސްވެރިކަމުގެ ހަރަކާތްތައް މެނޭޖްކުރާނީ އެކަންކަމަށް ހާއްސަ މެނޭޖްމަންޓް ޕްލޭންތަކެއްގެ ދަށުންކަމަށްވާތީ، މައިކަށި ނެތް ދިރުންތަކާއި މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގެ ހަރަކާތްތައް މެނޭޖްކުރުމުގެ ފިޔަވަޅުތަކެއް އެ ޕްލޭންގައި ހިމަނާފައެއް ނުވެއެވެ.  

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ޕްލޭން ވާނީ، ރާއްޖޭގެ ފަރުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މަގުދައްކައިދޭ މައިގަނޑު އަސާސަށް ކަމަށެވެ. 

ފަރުތައް ހެދިބޮޑުވުމުގައި މައިގަނޑު ދައުރު އަދާކުރާ މުރަކައިގެ ބާވަތްތައް މީގެ 240 މިލިއަން އަހަރު ކުރިން އުފެދިފައިވީ ނަމަވެސް، އެ މުރަކައިގެ ބާވަތްތަކާއި، އެއާ ގުޅިލާމެހިފައިވާ މަސްމަހާމެހީގެ ދިރުންތަކާއި، އެ ދިރުންތަކާ ފަރުތަކާ ހުރި ގުޅުންތައް އަދިވެސް ދަނީ ބަދަލު ވަމުންނެވެ. ފަރުތަކަކީ ދިވެހިންނަށް ލިބިފައިވާ އެންމެ މުހިންމު ގުދުރަތީ ވަސީލަތެވެ. އަދި ދިވެހިރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބަރޯސާވާ މައިގަނޑު ދެ ސިނާއަތް ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަން ސީދާ ގުޅިފައިވަނީ ވެސް ފަރުތަކުގެ ދިރުންތަކުގެ މުއްސަނދިކަމުގެ މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް