ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކްރިސްމަސް ފާހަގަކުރާ މީހުންނަށް ރައީސް ނަޝީދު ތަހުނިޔާ ފޮނުވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިސްމަަސް ފާހަގަކުރާ މީހުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދުވަސް ފާހަގަކުރާ މީހުންނަށް ވަރަށް އުފާވެރި ކްރިސްމަސް އަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

ނަޞާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި އެ ދުވަހުގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ ގޮވާލާފައެވެ.

އެއާއެކު ގިނަ ބައެެއްގެ ފާޑުކިޔުން ވެސް ނަޝީދަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ދުވަހުގެ ތަހުނިޔާ އެމަނިކުފާނު ފޮނުއްވާފައި މިވަނީ ދުވަސް ފާހަގަނުކުރުމަށް ދީނީ އިލްމުވެރިން ގޮވާލާފައިވާތީ "ޖެއްސުމަށް" ކަމަށް ބައެއް މީހުން ސިފަ ކުރި އެވެ. 

މި ފަހުން ކްރިސްމަސް ގަހެއް މާފުށީ ގެސްޓްހައުސްއަކުން ބެހެއްޓުމުން ފުލުހުން ވަނީ ކޯޓު އަމުރަކާއެކު ގޮސް އެ ގަސް ނަގާފަ އެވެ. 

ރާއްޖޭގެ ރިސޯޓުތަކުގައި ވެސް ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށްދާ ދަނޑިވަޅެއްގައި އިލްމުވެރިންގެ ގުޅުމުން ވަނީ ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކޮށް އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެގުމަށް ވެސް ގޮވާލި އެވެ. 

8%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
85%
ވަރަށް ސަލާމް
ކޮމެންޓްސް