ads
ގައްސާން މައުމޫން-- ފޮޓޯ: މަޖިލިސް
އިދިކޮޅު ޖަލްސާއަށް ހުރިހާ ފިކުރެއްގެ މީހުން އައުންއެދެން: ގައްސާން
މާދަމާ އޮންނަ އިދިކޮޅުގެ "ހޭލާ" ޖަލްސާއަށް ހުރިހާ ފިކުރެއްގެ ބޭފުޅުންނައް ރަށްޔިތުން މަޖިލީހުގެ ކޮޅުމަޑުލު ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް މުހައްމަދު ގައްސާން މައުމޫނު ދައުވަތު ދެއްްވައިފިއެވެ.

ގައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  ގައުމުގެ މިސްރާބް ހުރީ ރައްޔިތުން އެދޭގޮތަކަށް ނޫންކަމަށާއި ދިވެހިރާއްޖޭގެ މުސްތަގުބަލު އުޖާލާކުރެވޭނީ ގައުމަށް ވަފާތެރިވެ ތިބެ މާތްﷲ ގެ ވާގިފުޅަށް އެދިތިބެގެން ގައުމަށް ވަފާތެރިވެގެން ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މާދަމާ ރޭ އޮންނަ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީއެއްގެ އަދި ހުރިހާ ސިޔާސީ ފިކުރެއްގެ ދިވެހި ރައްޔިތުންނަށް އަދަބުވެރިކަމާއެކު ދައުވަތު އަރުވާ ކަމަށްވެސް އެމަނިކުފާންވަނީ ވިދާޅުވެފައެވެ.

އިދިކޮޅު އިއްތިހާދުން "ވިސްނާ" ނަމުގައި އޮންނަ ޖަލްސާއަށް މަސްވެރިންނާއި ދަނޑުވެރިންނާއި ޓެކްސީ ޑުރައިވަރުންނާއި ޒުވާނުންނަށް ދައުވަތުއަރުވާފައިވާއިރު އިދުކޮޅުން އަންނަނީ މާދަމާގެ ޖަލްސާއަށް ވަރަށް ބޮޑަށް ތައްޔާރުވަނުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް