ads
ސުޕްރީމް ކޯޓު--
"ވާނުވާ" ރިވިއު ކުރުމުގެ މައްސަލަ ސްޕްރީމް ކޯޓުން ފަށަނީ
ރިމާންޑް ބަންދު ނުވަތަ، "ވާނުވާ" ރިވިއުކުރުމާއި މެދު އުފެދިފައިވާ މައްސަލައިގެ ޝަރީއަތް މާދަން ފަށަން ހަމަޖައްސައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ ތިރީސް ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއުކުރަން ޖެހެ އެވެ. އަދި އެ ގޮތަށް ރިވިއުނުކޮށްފިނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ނެތެވެ. 

މިފަހުން އެފަދަ ހަތަރު މައްސަލެއް ހައި ކޯޓަށް ހުށަހެޅުނެވެ. 

އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ނިންމީ ތިރީސް ދުވަހުން ބަންދު ރިވިއު ކުރުމަށެވެ. ނުވަތަ ރިވިއު ނުކުރިޔަސް އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. 

އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއިރު އެ މައްސަލައިގެ ޝަރީއަތް ފަށަން މާދަމާ ހެނދުނަށް މިވަނީ ތާވަލުކޮށްފަ އެވެ. މިއީ އަމިއްލަ ތިން މީހެއްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. 

ވާނުވާ ބަންދާ ގުޅިގެން ގިނަ ބައެެއްގެ ކަންބޮޑުވުން ހުރިއިރު ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީއަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެ މައްސަލައެއްގެ ޝަރީޢަތް ފެށުމުގެ ކުރިން، ދެފަރާތުން ތައްޔާރުވާން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު ޝަރީޢަތް ފަށާނީ ކަމަށް ވިދާޅުވެ ޝަމީމް ވަނީ ޝަރީޢަތް ފެށުމަށްފަހު، އެމައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ޝަރީޢަތް ކުރިއަށް ގެންދާނީ ކަމަށް ވިދާޅުވެފަ އެވެ.  

ވާނުވާ ބަންދުގެ ހަގީގީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީއަތް ހިންގުން ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރު ކުރާ ގޮތަކީވެސް އެއީކަން ވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް