ads
އަދިލް ސަލީމް އަދި މަރިޔަމް ޒުލްފާ
ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ: އާދިލް ސަލީމް
މަސްވެރިން ބާނާ ހުރިހާ މަހެއް ވަގުތުން ނުކިރޭނެ ކަމަށް މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

މިފްކޯގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމުގައި ހުންނެވި، އަދި ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރެއްގެ މަގާމު އަދާކުރެއްވި އާދިލް ސަލީމް މިހެން ވިދާޅުވެފައި މިވަނީ، މަސްވެރިން ބާނާ މަސް މިފްކޯއިން ކިރުވުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ދަނޑިވަޅެއްގައި އިހަވަންދޫގެ މަސްވެރިންކުރި މުޒާހަރާއާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އާދިލް ސަލީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މަސް ދޯނިތައް މިފްކޯގެ މަސް ކިރުވާ ރަށްރަތަކާއި ގާތްކުރާއިރު، ކޮންމެ ދޯންޏަކަށް ކެރޭނެއް ބާއްވައިގެން، ބާނާ ހުރިހާ މަހެއް ކިރުވުމަކީ ކުރެވޭނެކަމެއް ނޫންކަމަށާއި އަދި އެކަމަށް ބޭނުންވާ ވަރަށް މުވައްޒަފުން ވެސް ނުތިބޭނެ ކަމަށެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ މިއީ މަސްވެރިންނަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ކިޔައިދީ ސަރުކާރާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެކުގައި މަސައްކަތް ފަށަންޖެހޭ ވަގުތު ކަމަށެވެ.

އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވުމުގައި މިފްކޯއަށް ދަތިތަކެއް ދިމާވެގެން އުޅޭއިރު މިފްކޯއިން ބުނާގޮތުން މިމައްސަލަ ދިމާވެގެން އުޅެނީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވުމުންނެވެ. އަދި އެއާއެކު ރާއްޖޭގެ އުތުރުގައި އޮޕަރޭޓްކުރާ މިފްކޯގެ ފެލިވަރު މަސް ކާރުހާނާގެ ކެޕޭސިޓީ ފުރެމުންދާ ކަމަށާއި މިކަމަށް ހައްލުތަކެއް ހޯދުމަށް މިފްކޯއިން މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް