ads
ކަރަން ޖޯހަރު އޭނާގެ ދެ ކުދިންނާއެކު--
ކަރަން ޖޯހަރުގެ ދަރިފުޅު ކެމެރާ ދެކެ ލަދު ގަނޭ
ބޮލީވުޑުގެ ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ، ކަރަން ޖޯހަރަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ސެލެބްރިޓީ އެކެވެ. އޭނާގެ ފިލްމުތަކާއި އެކި އެކްޓަރުންނާ ގުޅޭ ޕޯސްޓުތަކުގެ އިތުރުން، އޭނާގެ ދަރިންނާ ގުޅޭ އެކި މައުލޫމާތު ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ.

ދާދި ފަހުން ކަރަން ވަނީ އޭނާގެ އެއްމާބަނޑު ދެ ކުދިން، ޔާޝް އާއި ރޫހީގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ފޮޓޯގައި އެ ދެ ކުދިން ކަރަން އާއެކު މަޑުކޮށްގެން ތިބޭއިރު، ރޫހީ ކެމެރާ އަކަށް ނުބަލަ އެވެ. އަދި ޔާޝް ހުންނަނީ ކެމެރާއަށް ފުރަގަސް ދީގެންނެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ކަރަން ބުނެފައި ވަނީ އޭނާ ފަދައިން އޭނާގެ ފިރިހެން ދަރިފުޅު ވެސް ކެމެރާ ދެކެ ލަދު ގަންނަ ކަމަށެވެ.

އެ ފޮޓޯއަކީ އައިޝްވާރިޔާ އަދި އަބީޝޭކްގެ ދަރިފުޅު، އާރަދިޔާގެ އަށްވަނަ އުފަން ދުވަހުގެ ޕާޓީގައި ނަގާފައިވާ ފޮޓޯ އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް