ads
ފުލުހެއް:-
ޕާޓީއަށް ދިޔަ މީހުން އެޗްޕީއޭއިން ހޯދަނީ
ކައިވެނި ޕާޓީއަކުން ބޮޑު ކްލަސްޓާއެއް އެފުދުމާއެކު އެ ޕާޓީއަށް ދިޔަ މީހުން ހޯދަން އެޗްޕީއޭއިން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭއިން މިރޭ ވަނީ މާލެއިން 35 މީހުން ޕޮޒިޓިވްވެ،  120 މީހުން ކަރަންޓީނު ކުރަން ވަނީ އަންގާފައެވެ. 

"މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަކީ މުހިންމު ކަމެއް. އެޗް.ޕީ.އޭ އިން ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ދަންނަވަން،" - އެޗްޕީއޭ-

އެޗްޕީއޭއިން ބުނީ މި ކައިވެނި ހަފްލާ އަކީ މިމަހުގެ 20 ވަނަ ދުވަހު މާލެ ޝީ ބިލްޑިންގް ގައި ބޭއްވުނު ހަފްލާއެއް ކަމަށާއި، މި ހަފްލާފައި "ގާތްގަނޑަކަށް" 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް މައުލޫމާތު ލިބިފަވާ ކަމަށެވެ. 

އަދި ހަފްލާގައި ބައިވެރިވި ހުރިހާ ފަރާތްތަކާއި، ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތައް ކަރަންޓީނު ކުރަމުން އަންނަ ކަމަށާއި، އަދި ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. 

މީގެ އިތުރުން އެޗްޕީއޭއިން ވަނީ މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއޭއިން ނުގުޅި ތިއްބެވި ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެޗްޕީއޭއަށް ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް