ads
ެަރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދު--
އިގްތިސޯދު ކޮޅަށް ޖަހަން އިސްކަން ދޭންވީ މަސްވެރިކަމަށް: ރައީސް
ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް މިކުރާ މަސައްކަތުގައި، އެންމެ އިސްކަމެއް ދޭންޖެހިފައިވާ އެއް ދާއިރާއަކީ މަސްވެރިކަމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވަމުން އަންނަ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމެކޭ އެއްގޮތަށް، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީވެސް، މިހާރަށްވުރެވެސް ބޮޑަށް، ދުނިޔޭގެ މަގްބޫލުކަން ހޯދޭނެ ސިނާއަތެއް ކަމަށާއި އެއީ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ދުނިޔޭގައި ކުރެވޭ މަސްވެރިކަން ކަމަށެވެ. 

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށާއި ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލުނުކުރާ ކަމަށެވެ. މިވަގުތު އެކަންކޮށްފި ނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓްކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް އެ ސިނާއަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށާއި މި ސަރުކާރުން ދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އޮތް ހާލަތުން ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއްވެފައިވާ ކަމަށާއި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް، ސަރުކާރާއި އެސް.ޓީ.އޯ އިން މިފްކޯއަށް 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. 

"އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަނުދިނުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރަކީ، މިފްކޯގެ ވޭތުވެދިޔަ 14 އަހަރުގެ ތާރީހުގައި ވެސް، އެންމެ ގިނައިން މަސް ގަތް އަހަރުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެއީ، 48494 ޓަނުގެ މަހެވެ. އަދި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީ ވެސް މިދިޔަ 2019 ވަނަ އަހަރެވެ. އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި އެވެ. މި އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް