ޖަލްސާ ފައްޓަވަމުން ހީނާ ވަނީ ކޮންމެ ބޭފުޅަކަށް ވެސް ވާހަކަ ދައްކަން ލިބޭނީ 10 މިނެޓު ކަމަށެެވެ.
އެގޮތައް އިއުލާނު ކުރެއްވުމަށް ފަހު އެންމެ ފުރަތަަމަ ވާހަކަ ދައްކަން އެރި ކުއްޖާ ވަނީ 10 މިނެޓު ތެރޭ ވާހަކަ ދައްކައި ނިންމާލާފައެވެ.
ނަމަވެސް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވާހަކަ ދަައްކަވަމުން ދަނިކޮށް 10 މިނެޓު ހަމަވަމުން ވަނީ "ދިވެހި ބިން މީ އުފަން މަގޭ ބިން" މި ލަވަ ޖަހަން ފަށާފައެވެ. އޭނާ އަށް ޖެހި ވަޑައިގަތީ ވާހަކަ ކުރުކޮށްލާށެވެ.
ނަމަވެސް ބައެއް ބޭފުޅުން ވަނީ އިތުރަށް ވަގުތު ހޯދުމަށް ޕޯޑިއަމަށް އަރާ ހީނާ އަށް ދަންނަވާފައެވެ.
ކުރީގެ ނައިބުރައީސް ޑރ. އަހުމަދު ޖަމީލް ވާހަކަ ދައްކަވަން މެދު ތެރެއިން ފެން ފުޅިއެއް ހިއްޕަވަމުން ވިދާޅުވީ "ހީނާ އަޅުގަނޑަށް ވަގުތުކޮޅެއް ދެއްވަން ވާނެ،" ކަމަށެވެ.
"ހޭލާ" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާ
ނަމަވެސް 10 މިނެޓު ހަމަވުމުން ޖަމީލް ވާހަކަ ދައްކަވަމުން ގެންދަނިކޮށް ވެސް ވަނީ ލަވަ ޖަހަން ފަށާފައެވެ. ޖަމީލް އެދި ވަޑައިގަތީ ލަވައިގެ އަޑު މަޑުކުރުމަށެވެ.
އިރުކޮޅަކަށް އަޑު މަޑު ކުރި އެވެ. ނަމަވެސް އަނެއްކާވެސް ލަވަ ޖަހައި ޖަމީލްގެ ވާހަކަ ކުރިއަށް ގެންދާން ހުރަސް އެޅިއެވެ.
ދެން ވާހަކަ ދައްކަން އެރި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވެސް ވަނީ ހީނާއަށް ވަގުތުކޮޅެއް ދިނުމަށް އެދިލައްވާފައެވެ.
އަދި ވަކި ވަރަކަށް ވާހަަކަ ދެއްކުމަށްފަހު "ހީނާ އަޅުގަނޑަށް ވަގުތުކޮޅެއް ދީ" މިހެން ވިދަޅުވިއެވެ.
މިހެންކަމުން މިރޭ ޕީޕީއެމުން "ހޭލާ" ނަމުގައި ކުރިއަށް ގެންދާ ޖަލްސާއިން ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ގެންގުޅުއްވި ފަދަ ހުދުމުހުތާރު ގޮތްގަނޑެކެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ކޮންމެ މީހަކަށް ވެސް ވަގުތު ދިނުމަށް ހީނާ ވަރަށް އިންސާފުވެރިއެވެ.
ޖަލްސާގައި ވާހަކަ ދައްކާ އެންމެވެސް ތިބީ "ހީނާ ދެކެ ބިރުން" ނެވެ.
މިރޭގެ ޖަލްސާގެ ތެރެއިން