ads
ޑރ. މުހައްމަދު އިޔާޒް -- ފޮޓޯ: އަވަސް
ޑރ އިޔާޒުގެ ބަހުގެ ހަމަލާއެއް އެމްޑީޕީއަށް!
އެމްޑީޕީގެ މެމްބަރުންގެ އަމަލުތަކުން ދޭހަވަނީ އެބައިމީހުންގެ "ލާދީނީކަން" ކަމަށް ވިދާޅުވެ ޑރ.އިޔާޒް އެމްޑީޕީއަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޑރ. އިޔާޒް މިހެން މިމޭރުމުން އެމްޑީޕީއަށް ފާޑުވިދާޅުވީ، ނަސޯރާއިން ފާހަގަކުރާ ކްރިސްމަސް ދުވަހާއި ގުޅިގެން އެ ދުވަސް ފާހަގަކުރާ މީހުންނަށް އުފާވެރި ދުވަހަކަށް އެދޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓްވީޓް ކުރެއްވުމާއިއެކު، އެމަނިކުފަނީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށް ޑރ އިޔާޒް ސިފަކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެމަނިކުފާނުގެ ދިފާއުގައި ތެދުވުމުންނެވެ. 

ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން ތެދުވި ތެދުވުން ޑރ އިޔާޒް ސިފަކުރެއްވީ ރޫހާނީ ލީޑަރުގެ ދިފާއުގައި ތެދުވި ތެދުވުން ގޮތުގައެވެ. އެގޮތުން ޑރ އިޔާޒް ވިދާޅުވީ ރޫހާނީ ލީޑަރުގެ ދިފާއުގައި ތެދުވި ގޮތަށް، އިސްލާމް ދީނަށް ނަސްރު ދިނުމަށް ނުކެރުމުން ދޭހަވަނީ އެބޭފުޅުންގެ "ލާދީނީކަން" ކަމަށެވެ. 

ކްރިސްމަސް ދުވަހުގެ ތަހުނިޔާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ޑރ އިޔާޒް ރައްދު ދެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެެއް ވަނީ ޑރ އިޔާޒްއަށް ފާޑިވިދާޅުވެފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވެސް ހިމެނެއެވެ. 

50%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް