ads
ޮލިޓެކްނިކްގައި ހިންގާ ބައެއް ކޯސްތައް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ފަހިވާނެ: ހަސަން
ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ ސަބަބުން ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް އިންތިހާއަށް ފަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު 10:30 ގައި ވާޗުއަލްކޮށް ބޭއްވުނު "ސްކިލްސް ފޯ އަ ރެޒީލިއަންޓް ވާކްފޯސް"ގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ބައެއް ކޯސްތައް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ހަސަން ވަނީ، އެ ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް އިންތިހާއަށް ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު ހަސަން ވިދާޅުވީ، އެ ޕްރޮގްރާމްތައް ކާމިޔާބު ކަމާއިއެކު ނިންމޭނީ މޯލްޑިވްސް ޕޮލިޓެކްނިކުން ކުރާ މަސައްކަތުގެ އިތުރުން ދަރިވަރުންގެ ޒިންމާވެސް ފުރިހަމަ ގޮތުގައި އަދާކޮށްގެންކަން ކަމަށެވެ.

"އެދުމަކީ މި ޕްރޮގްރާމްތަކަކީ ދަރިވަރުންނަށް ވަރަށް ކާމިޔާބު ޕްރޮގްރާމްތަކެއް ކަމުގައި ވެގެން ދިއުން މި ޕްރޮގްރާމްތަކުން އިތުރު ތައުލީމާއި ހުނަރު ދަސްވެ، ދަރިވަރުންނަކީ ޒިންމާދާރު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ވަރުގެ ފުރުސަތު ފަހިވެފައިވާ ބަޔަކަށް ވެގެން ދިއުން" މިނިސްޓަރު ހަސަން ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ހަމަޖެހިފައިވާ 24 ޕްރޮގްރާމަށް 3500 ކުދިން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. މިވަގުތު ހިންގުމަށް ހަމަޖެހިފައިވާ 18 ޕްރޮގްރާމްއަކަށް 250 ކުދިންވަނީ ޝަރުތު ފުރިހަމަވެ ކޯސްތަކަށް ހޮވިފައެވެ. މިކޯސަތަކަށް ޝަރުތު ފުރިހަމަވި ދަރިވަރުންގެ ތެރެއިން އިންޓަވިއުކޮށް ކޯސްތަކަށް ޖާގަ ދިނުމުގައި ބޮޑަށް ބެލެވިފައިވަނީ ކޯސް ފުރިހަމަކޮށް ފުލްޓައިމް ވަޒީފާއަކަށް ދިއުމަށް ޝައުޤުވެރިކަން ހުރި ކުދިންނަށް ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކުން މައުލޫމާތު ދެއެވެ.

"ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް" އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޮވިޑުގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސޯދު އަލުން ފެށުމަށް ތައްޔާރުވާން ފަށާއިރު އެކި ސިނާއަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށިފައިވާ ހާއްސަ ޕްރޮގްރާމެއެކެވެ. "ސްކިލްސް ފޯ އަ ރެޒީލިއެންޓް ވޯކްފޯސް" މިޝިޔާރުގެ ދަށުން ދިވެހި ޒުވާނުންނަކީ، ވަޒީފާއަކަށް ބޭނުންވާ ހުނަރު ތަކާއި އެކު، ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެއްޓުމަށް ބޭނުންވާ ހުނަރުވެރި، ގާބިލް، އުފެންދުންތެރި، އަދި ޒިންމާދާރު ދިވެހި ރައްޔިތަކަށް ހެދުމަށް އެ ޕްރޮގްރާމް މަގުފަހިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާބާޒާރަށް ނެރުމާއި، އިގްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެން ދާނެއެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 މީހުން ތަމްރީނު ކުރުމެވެ. އަދި، ތަމްރީނުކުރާ މީހުންގެ ތެރެއިން މަދުވެގެން 33 އިންސައްތަ ހާއްސަ ކުރެވިފައިވަނީ އަންހެނުންނަށެވެ.

އެ ޕްރޮގްރާމަކީ 15 ޖުލައި 2020 ގައި ސަރުކާރުން އިއުލާންކޮށް ދެއަހަރު ދުވަހަށް ކުރިޔަށް ގެންދެވޭނެ ޕްރޮގްރާމެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޕްރޮގްރާމްގެ ދަށުން ހިންގޭނީ ގައުމީ ސަނަދުގެ ލެވެލް 3 ގެ ފެންވަރުގެ ކޯސްތަކެވެ. އަދި ތަމްރީންކުރުމަށް ކަނޑައެޅިފައިވާ އަދަދަކީ އަހަރަކު 1200 ދިވެހި ޒުވާނުންނެވެ. އެއީ، ޓުއަރިޒަމް ސިނާއަތުން 600 ޒުވާނުންނާއި އައިސީޓީ ދާޢިރާއިން 200 ޒުވާނުންގެ އިތުރުން ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުންނެވެ. 

އެ ޕްރޮގްރާމްގެ ދަށުން ކިޔަވުން ނިންމާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔެވި ދާއިރާއަކާ ގުޅިގެން އިންޓާންޝިޕް ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ކޯހުގެ މުއްދަތުގައި ކަނޑައެޅޭ އުސޫލެއްގެ ދަށުން 2000 ރުފިޔާގެ ޕޮކެޓުމަނީއެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. 

އޭގެއިތުރުން އެ ޕްރޮގްރާމްގެ ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 12 ކޯހެއް ހިންގުމަށް ބޭނުންވާ އިންސްޓިޓިއުޓްތައް ހޯދުމަށް މިހާރު މިނިސްޓްރީން ވާނީ އިޢުލާނު ކޮށްފައެވެ. މަތީ ތައުލީމާއި ތަމްރީނުގެ ސިޔާސަތުތައް އެކުލަވާލާއިރު ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން ވީހާވެސް ބޮޑަށް އިތުރުވެގެން ދާނެ ގޮތްތަކަށް އެ މިނިސްޓްރީން އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް