ads
އައްޑޫ ފްލައިން ސްކޫލްގެ ބޯޓްތަކެއް——ފޮޓޯ: އެޑިޝަން
އައްޑޫ ފްލައިންގް ސްކޫލު މައްސަލައިގައި މަޖިލިސް މެމްބަރުބް އައްޑޫއަށް
އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމެޓީގެ ހަ މެމްބަރަކު އައްޑޫއަށް ފުރާ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ "ސީއެންއެމް" އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެގޮތުން މި ހަ ބޭފުޅުން އައްޑޫއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ޒިޔާއު ވިދާޅުވިއެވެ. އަދި މި ބޭފުޅުން މާދަމާ އެނބުރި މާލެ ވަޑައިގަންނާވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މި ދަތުރުގައި މި ހަ ބޭފުޅުން އައްޑޫ ފްލައިންގް ސްކޫލްގެ މެނޭޖްމަންޓު، ފްލައިންގް ސްކޫލުގެ ދަރިވަރުން، އައްޑޫ ކައުންސިލް އަދި ގަމު އެއާޕޯޓުގެ މެނޭޖްމަންޓާއި ބައްދަލު ކުރައްވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

2001 ވަނަ އަހަރު ތަސްދީގުކުރެވުނު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނުގެ 2/2012 ދަށުން، 2014 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް ހިންގަމުން އަންނަ އައްޑޫ ފްލައިން ސްކޫލުގެ އެކި މައްސަލަތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭ އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައާއި، ބައެއް ދަރިވަރުން ކޯހުން ވަކި ކުރުމަށް ނޯޓިސް ދިނުމުގެ ބައެއް މައްސަލަތައް ފާހަގަ ކުރެވެއެވެ.

އެގޮތުން އެ އެ ސްކޫލުގެ 15 ދަރިވަރަކަށް ސްކޫލުން ވަކި ކުރުމުގެ ނޯޓިސް ފޮނުވާފައިވާއިރި، މި މައްސަލައާ ގުޅިގެން ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ ބަޔާން ނެރުމާ ހަމައަށް ފްލައިންގް ސްކޫލުން ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް