ads
ފޮޓޯ: މިއަދު ޑެއިލީ
2021 ވަނަ އަހަރުގެ ރަސްމީ ބަންދަށް އިތުރު ދެ ދުވަސް އިތުރުކޮށްފި
އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ދެ ދުވަސް އިތުރުކޮށްފި އެވެ.

އަންނަ އަހަރު، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ނިންމަވާފައިވާ އިތުރު ދުވަހަކީ ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ޖުލައި ވާ އާދިއްތަ ދުވަހެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ އިތުރުން  ދެދުވަސް އިތުރުކޮށްފައިވަނީ އެ ދެ ދުވަހުވެސް ހަފްތާ ފެށޭ ދުވަސް ދިމާވަނީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހަކާއި ކަމަށް ވުމުން އެ ދުވަސްތަކުގައި ރައްޔިތުންނަށް ޗުއްޓީ ފުރިހަމަ ގޮތުގައި ހޭދަވާނެ ގޮތަކަށް ސަރުކާރުން ދުވަސް އިތުރުކުރަން ނިންމީކަމަށެވެ. 

މީގެ ކުރިންވެސް ސަރުކާރުން ވަނީ ދިގު ބަންދު ދުވަސްތަކާއި ދިމާވާނަަމަ އެގޮތަށް އިތިރުކޮށްދީފައިވެއެވެ. ޖުލައި 18 ވާ އާދިއްތަ ދުވަސް ބަންދުކޮށްފައިވަނީ ޖުލައި މަހުގެ 19 ވާ ހޯމަ ދުވަސް ދިމާވަނީ ހައްޖު ދުވަހާ ކަމަށް ވާތީއެވެ. 18 ވަނަ ދުވަހަކީ ހަފްތާ ބަންދަށްފަހު ހައްޖު އަދި އީދު ބަންދާ ދިމާކޮށް އަންނަ ބަންދު ނޫން ދުވަހެކެވެ. 

އަދި ޖުލައި 25 ދިމާވަނީ ޖުލައި 26 ވަަނަ ދުވަހު އަންނަ މިނިވަން ދުވަހާއި، އޭގެ ކުރިން އަންނަ ހަފްތާ ބަންދާ ދިމާކޮށް އަންނަ ރަސްމީ ދުވަހަކަށެވެ. އެހެންކަމުން ސަރުކާރުން ވަނީ އެ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި އިތުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް