ކްރިސް މަސް ފާހަގަ ކުރާ މީހުންނަށް މަރުހަބާކިއުމަކީ މައްސައެއް ނޫންކަމަށް ދީނީ އިލްމުވެރިއާ ޝޭހް ހުސެން ރަޝީދު ވިދާޅުވެއްޖެއެވެ.

Advertisement
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހުސެން ރަޝީދު ވިދާޅު ވަނީ މާފުށީގައި ހުރި ކްރިސްމަސް ގަސް ފުލުހުން ގެންދިޔަ މައްސަލައިގައި ވެސް ވާހަކަ ދައްކަވާފައެވެ.
"ކްރިސްމަސް ދުވަސް ފާހަގަކުރާ މީހުންނަށް މަރުހަބާ ކިއުމަކީ މައްސަލައެއް ނޫނޭ. އަދި ހަމަ އެހެންމެ ކްރިސްމަސްޓްރީ... ގަހަކީ ﷲ ލައްވާފައިވާ އެއްޗެއް. ﷲ ގެ އަޅެއް. ވަކި ގަހެއް ބޭނުންކުރާށޭ ވަކި ގަހެއް ބޭނުން ނުކުރާށޭ ނާންގަވާ. އެކަމު އެގަސް ވެސް ހަރާންވެއްޖެއޭ. ދަންނަވަންތޯ އެންމެ ނުބައި ގަހެއްގެ ގޮތުގައި ﷲ ލައްވާފައިވަނީ ޒައްގޫމް ގަސް،"
ޝޭހް ހުސެން ރަޝީދު ވިދާޅުވީ ޒައްގޫމް ގަހުގެ ނުބައި ކަމުގެ ވާހަކަ ﷲ އަންގަވާފައިވާއިރު ވެސް އިސްލާމް ދީނުގައި ޒައްގޫމް ގަސް އިންދައިގެން ގޭތެރޭގައި ބެހެއްޓުން ވެސް މަނާ ނޫންކަމަށެވެ.
"އެކަމަކު ނާސާރާއިން މި ގެން ގުޅޭ ގަސް މި މަނާވެއްޖެ. މި ހަރާން ވެއްޖެ. މި ޝިރުކަކަށް ވެއްޖެ. ދެން މިކަހަލަ ކުދި ކުދި ކަންކަން ނަގައިގެން ދުނިޔެއަކީ ކުޑަ ކުޑަ އަތް ތިލައިގެ ތެރޭގަ އޮންނަ އެއްޗެއް އެންމެ ގުޅިފަ ލާމެހިފަ މި ތިބީ. އަޅުގަނޑުމެން އެންމެން އެއްބަޔަކު އަނެއް ބަޔަކާ ވަކިނުވެ އުޅެވޭކަށް ނެތް. އިސްލާމް ދީނުގަ މިއޮތީ އެންމެ އެކީގަ އުޅެން އަންގަވާފަ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ ގައިރު މުސްލިމުންނާއެކީ އުޅުމަކީ މައްސަލައެއް ނޫނޭ. އެމީހުންނަށް ތަހުނިޔާ ކިއުމަކީ މައްސަލައެއް ނޫނޭ. އެމީހުންނާ ހިތާމައިގަ ބައިވެރި ވުމަކީ މައްސަލައެއް ނޫނޭ،" - ޝޭހް ހުސެން ރަޝީދު -
ކްރިސްމަސް ފާހަގަކުރާ މީހުންނަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަހުނިޔާ ދެންނެވުމާއެކު މި މައްސަލައިގައި ވަނީ ބަހުސެއް އުފެދިފައެވެ. ބައެއް މީހުން ބަނީ ކްރިސްމަސްގެ ތަހުނިޔާ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ ކްރިސް މަސް ތަހުނިޔާ ކިޔޭނެ ކަމަށެވެ.