ads
އާމިރު، ކިރަން އަދި އަޒަދް--
ކައިވެންޏަށް 15 އަހަރުވުމުން އާމިރު މުޅި އާއިލާ ގޮވައިގެން ޗުއްޓީއަށް!
ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އާމިރު ހާނުގެ ކައިވެންޏަށް 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މުޅި އާއިލާ އެކުގައި ޗުއްޓީއަށް ހިނގައްޖެ އެވެ.

އާމިރު ހާނާއި ކިރަން ރާއޯގެ ކައިވެންޏަށް 15 އަހަރު ފުރުން ފާހަގަކުރަން ގިރް ނެޝަނަލް ޕާކަށް ގޮސްފައި ވަނީ ދަރިން އިރާ ހާން، އަޒަދް ހާން އަދި ކޮއްކޮ އިމްރާން ހާނާއި އޭނާގެ ދަރިފުޅު ވެސް ގޮވައިގެންނެވެ. 

އެމީހުން ފުރަން ގޮސް ތިބި ފޮޓޯތައް މީގެ ކުރިން އާއްމުވެފައި ވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ޗުއްޓީ ހޭދަ ކުރަނީ ގިރް ނެޝަނަލް ޕާކުގެ ގުދުރަތީ ރީތިކަމުގެ ތެރޭގަ އެވެ.

އެތަނަށް އާމިރު ދިޔައިރު އޭނާގެ ފޭނުން ޖަމާވެފައި އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އާމިރު ވަނީ ފޭނުންނާއެކު ފޮޓޯ ނެގުމަށް ފަހު ނޫސްވެރިންނަށް އިންޓަވިއު ވެސް ދީފަ އެވެ. 

ގިރް ނެޝަނަލް ޕާކަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ފުރިހަމަ ތަނެއް ކަމަށް އާމިރު ދިން އިންޓަވިއުގައި ވަނީ ބުނެފަ އެވެ. އަދި ފޭނުން އެތަނަށް ޗުއްޓީއަށް އައުމަށް ރެކޮމެންޑު ކުރާނެ ކަމަށް ބުނެފައި ވެއެވެ. 

އޭގެ އިތުރުން އާމިރު ބުނެފައި ވަނީ ކައިވެނީގެ 15 ވަނަ އެނިވާސަރީ ފާހަގަކުރުމުގެ ގޮތުން އާއިލާ އެކުގައި އެތަނުގައި އެބަ އުޅޭ ކަމަށާއި ޖުމްލަ 50 މީހުން އައި ކަމަށެވެ. 

އާމިރު ހާނާއި ކިރަން ރާއޯގެ ކައިވެންޏަށް 15 އަހަރު ފުރިފައި ވާއިރު އެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ ނަމަކީ އަޒަދް ހާން އެވެ.

އާމިރު މީގެ ކުރިން ވެސް ކައިވެންޏެއް ކޮށްފައި ވެއެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައި ވާއިރު އެއީ ޖުނައިދު ހާނާއި އިރާ ހާން އެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް