ads
ނައީބް ރައީސް ފައިސަލް ނަސީމް ރަސްމިއްޔާތުގަ ވާހަކަފުޅު ދައްކަވަނީ-
ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް ސެންޓަރެއް ހުޅުފައިފި
ގއ. ވިލިނގިލީގައި "ދަގެނާ" ގެ ނަމުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް ސެންޓަރެއް ހުޅުފައިފި އެވެ.

އެކަމަށް ހާއްސަކޮށްގެން ވިލިނގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުއްވާދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެވެ.

މިއަދު. ވިލިނގިލީގައި ހުޅުވި މި ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭން ގާއިމު ކުރި ސެންޓަރެއް ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެގޮތުން ދަގެނާ އަކީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ކުލަބް ޖަމިއްޔާތަކާއި މުޖުތަމައުގެ އެންމެން ގުޅިގެން އެހީތެރި ވެދޭ، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ހިދުމަތް ދޭން ފެށި މި ފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމު ކަމަށް ޖެންޑާ އިން ފާހަގަ ކުރެއެވެ.

މި ރިހެބިލިޓޭޝަން ސެންޓާރުގައި ފަރުވާގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު ފަރުވާ ނިންމުމަށްފަހު އަނބުރާ މުޖުތަމައަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށް ނުލާ، އެމީހަކަށް އެހީތެރިވެދިނުމުގެ ގޮތުން މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ގާއިމުކުރާ ސަޕޯޓު ސިސްޓަމެއްގެ ތެރެއިން ކަމަށް މިނިސްޓްރީން ބުނެއެވެ.

ވިލިނގިލީގައި ހުޅުވި މި ސެންޓަރުން ޑްރަގް ސައިކޯސޯޝަލް ސަޕޯޓް އަދި ޓްރެއިނިންގްގެ އިތުރުން ޑްރަގް ޑީޓޮކްސިފިކޭޝަން ކައުންސެލިން، އަދި އަފްޓާ ކެއާގެ އިތުރުން އައުޓްރީޗް ގެ ހިދުމަތް ވެސް ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް