ނައިބް ރައީސް ގއ. ވިލިގނލި ގައި ކޮމިއުނިޓީ ރިލިބިލިޑޭޝަން ސެންޓަރު ހުޅުވާދިނުން؛؛؛ ފޮޓޯ-- ރައީސް އޮފީސް
ގައުމުގެ އިޖުތިމާއީ ފޭރާން ރަގަނޅު ނުވާނަމަ ތަރައްގީގެ މާނައެއް ނެތް: ނައިބް ރައީސް
Share
ގައުމަށް އަންނަ ތަރައްގީއާއެކު ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅު ނުކުރެވޭނަމަ ތަރައްގީގެ އެއްވެސް މާނައެއް ނެތްކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
Advertisement

ގއ.ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް "ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ގިނަ މައްސަލަތައް ހުރެ އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަކީ މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ ކަމެއްކަމަށައި އެގޮތުން ވެރިކަމާއި ހަވާލުވެ ރައީސް ސޯލިިހް ވަނީ ސޯޝަލް ކައުންސިލެއް އުފައްދަވައި ގައުމުގައި އޮތް އެންމެ ބޮޑު ވަބާކަމުގައިވާ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް އިރުސާދު ދެއްވާފައިކަމަށެވެ. އަދި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ހާސިލު ކުރެވޭނީ މަސްތުވާތަކެތީގައި ޝާމިލުވާ މީހުންނަށް އެކަށީގެންވާ ތަރުބިއްޔަތާއި ހުނަރު ދެވިގެންކަމަށާއި މިއަދު މިކުރެވެނީ އެމަސައްކަތް ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްގީއާއި އެއް މިންވަރަކަށް މުޖުތަމައުގެ ގެއްލިފައިވާ ނުރަނގަޅު ފޭރާން ބަދަލު ކުރުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒުކަމާއި، ތަރައްގީއާއި އެއްވަރަށް މުޖުތަމައުގެ އަމާންކަމައި ސުލްހަ މަސްލަހަތު ގާއިމްކުރަން ސަރުކާރުން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

your image ގއ. ވިލިގނލި ގައި ކޮމިއުނިޓީ ރިލިބިލިޑޭޝަން ސެންޓަރު ހުޅުވާދިނުން؛؛؛ ފޮޓޯ-- ރައީސް އޮފީސް

މީގެ އިތުރުން ނައިބް ރައީސް ވިދާޅުވީ ތަރައްގީއަކީ އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗެއްގައި ހިފައިގެން އަޅުގަނޑުމެންނަށް ދަސްވެފައިހުރި ރީތި އާދަތަކާއި، ރީތި އާދަކާދަތައް ދޫކޮށްލުމެއްނޫންކަމަށާއި މިއަދުގެ ދަރީންނަށް އަޅުގަނދުމެން ދަސްކޮސްދޭންވީ މަޒީގައި އެދުވަހުވެސް އަޅުގަނޑުމެން ކުރި ރަނގަޅު ކަންތައްތަކާއި، ރިވެތި ބަހުރުވަޔާއި ރިވެތި ގޮތުގައި މުއާމަލާތް ކުރަންކަމަށެވެ.

އަދިވމުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނެވޭނީ ހުރިހާ މުއައްސަސާއަކުން ގުޅިގެންކަމަށާއި މިކަން ހާސިލްކުރުމަށް ހަމައެކަނި ގާނޫނެއް ހަދައި ފަރުވާދޭ މަރުކަޒުތައް ގާއިމް ކުރުމުން ހައްލެއް ނާންނާނެކަމަށާއި އެކަން ކުރެވޭނީ ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިހްލާސްތެރިކަމާއެކު މުއައްސަސާތަކުން ކޮށްގެންކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

"އިޖުތިމާއީ މައްސަލަތަކަކީ ގިނަ ފަހަރަށް އާންމު ގޮތެއްގައި އެހާބޮޑަށް ނުފެންނަ ކަންތައްތަކަށް ބޮޑަށް އަޅުގަނޑުމެންނަށް ބޭނުން ވެފައި މި އޮންނަނީ، އިމާރާތް ކުރުމާއި، މަގުތާރު އެޅުމާއި، މިބާވަތުގެ ފެންނަން ހުންނަ ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކުރުން އެހެން ނަމަވެސް ތަރުބިއްޔަތާއި އަހުލާގާއި ސުލޫކު، ހާއްސަކޮށް މިކަހަލަ އިޖުތިމައީ ކަންތައްތަކަކީ އެއީ އަތުން ހިފައި ލޮލަށް އެގޮތަށް ފެންނަ އެއްޗިއްސަށް ނުވާތީވެ ބައެއް ފަހަރަށް މިކަހަލަ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި." ނައިބް ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ގއ.ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް ސެންޓަރުން ހިދުމަތް ހޯދާ މީހުންނަށް ރަނގަޅު ފަރުވާދީ، ފަރުވާއަށްފަހު ނެރޭ ކޮންމެ މީހަކީ މުޖުތަމަށް ބޭނުންތެރި ޒުވާނަކަށް ހެދުމަށް ގޮވަލާފައެވެ. އަދި މަސްތުވާތަކެއްޗާއި ދުރު މުޖުތަމައަކަށް ހެދުމަށް ހުވަދު އަތޮޅުގެ ރައްޔިތުން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް