ads
ކޮވިޑް-19
މިދިޔަ ހަފްތާގައި ހެލްތުން 8.1 މިލިއަން ރުފިޔާ ހޭދަކުރި
ކޮވިޑް-19 އާއި ގުޅިގެން މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ކޮވިޑާއި ގުޅިގެން ކުރާ ހޭދަތަކުގެ ހިސާބުތަކުން ދައްކާ ގޮތުގައި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި 8.1 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ ހަފްތާގައި ކޮށްފައިވާ ހޭދަތަކަށް ބަލައިލާ އިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓަށް 2.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށް 2.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މުވައްޒަފުންގެ ދަތުރުތަކަށް 0.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފުލުހުން ކަމަށްވާ އިރު، ފުލުހުން ވަނީ މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހޭދަ ޖުމްލަ 1.373 ބިލިއަނަށް އަރާއިރު، ކޮވިޑާއި ގުޅިގެން ދައުލަތުން ކުރާ ހޭދަތައް މިވަނީ ކުރިއަށް ވުރެ ދަށްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް