ads
ފިނޭންސް މިނިސްޓްރީ---
5،742 ފަރާތަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި 38.9 މިލިއަން ދީފި
ކޮވިޑާ ގުޅިގެން ތައާރަފް ކުރި އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިދިޔަ ހަފްތާގައި އިތުރު 5،742 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 38.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ހަފްތާއަކު އެއް ފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ކޮވިޑާއި ގުޅިގެން ކުރާ ހޭދަތަކުގެ ހިސާބުތައް ދައްކާ ގޮތުން އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިދިޔަ ހަފްތާގައި 5،742 ފަރާތަކަށް 38.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، 2،148 ފަރާތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ދަށުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ އިތުރުން، އާމްދަނީ ލިބުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިދިޔަ ހަފްތާގައި ގޭބިސީތަކުގެ ކަރަންޓު ބިލްތަކާއި ފެން ބިލްތަކަށް 27.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށް ތައާރަފްކުރި ރިކަވަރީ ލޯން ސްކީމްގެ ދަށުން މިދިޔަ ހަފްތާގައި ބީއެމްއެލުން ބޮޑު ތިން ވިޔަފާރިއަކަށް 9.8 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދޫކޮށްފައިވާ އިރު، އެސްޑީއެފްސީން ވަނީ ފަސް އެސްއެމްއީ ވިޔަފާރިއަކަށް 1.1 މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދޫކޮށްފަ އެވެ.

ދައުލަތުން އަންނަނީ ކޮވިޑާއި ގުޅިގެން އަސަރުކޮށްފައިވާ އާންމުންނަށާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް