ads
ރިހިވެލި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް ޑޮޓް ކޮމް
ރިހިވެލި ބީޗް ރިސޯޓްގެ މުއައްޒަފުންނަށް މުސާރަ ނުދޭތާ 6 މަސް
ކ.މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ ރިހިވެލި ބީޗް ރިސޯޓުގެ މުއަށްޒަފުންނަށް މުސާރަ ނުދޭތާ 6 މަސް ވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި މައްސަލަޔާ ގުޅޭގޮތުން ސީއެންއެމް އަށް މައުލޫމާތު ދެމުން އެ މީހާ ބުނީ ރިހިވެލި ބީޗްގައި މަސައްކަތް ކުރާ ބޭފުޅުންނަށް ޖުލައި މަހުން ފެށިގެން މަސައްކަތުގެ އުޖޫރަ ނުދޭކަމަށާއި ނަމަވެސް އެ ބޭފުޅުން ލައްވާ މަސައްކަތް ބަރާބަރަށް ކުރަމުން ގެންދާ ކަމަށެވެ.

މަސައްކަތް ކުރާ މީހުންނަށް އެމީހުންގެ ހައްގުތަށް ނުލިބޭތީ އެ މައްސަލަ ކަމާ ބެހޭ އިދާރާތަށް ހުށަހަޅައިފައިވާނޭ ކަމަށާއި ނަމަވެސް އަދިވެސް އެ އިދާރާތަކުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. 

މުސާރަ ނުލިބުމުގެ މައްސަލައިގައި ރިހިވެލި ބީޗް ރިސޯޓްގެ ކޮންސެޕްޓް ޑިރެކްޓަރު ކެތްރިން އަށް މައްސަލަ ހުށަހެޅުމުން އެނާ ވިދާޅުވީ މުސާރަ ދޭން ނުޖެހޭނެ ކަމަށާއި އަދި މުސާރަ ބޭނުންނަމަ ރިހިވެލި ބީޒް ރިސޯޓްގެ އެމްޑީ ހުސެއިން ސިހާން ކައިރިޔަށް ދިމުނަށް އެދިފައިވެއެވެ. 

މީގެއިތުރުން އެމީހާ ބުނީ އެރަށް ހިންގަމުންދާ ޕުރާންސްގެ ކުންފުންޏާއި ރަށުގެ ވެރިފަރާތާ ޖެހިގެން އުޅޭ މުއައްޒަފުން ވައްދަމުން ދާ ކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ނޯފޭ ދީފައިވާކަމަށް ވެސް ކެތްރީން ވިދާޅުވިކަމަށާއި ނަމަ ވެސް މުއަށްޒަފުން ލައްވާ މަސައްކަތް ކުރަމުންދާކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ކޮންސެޕްޓް ޑިރެކްޓަރު ކެޓީ ކާލްބް މި މައްސަލައިގައި ސީއެންއެމްއަށް މައުލޫމާތުދެމުން ވިދާޅުވީ ރިހިވެލި ބީޗް ރިސޯޓުގެ މުއަށްޒަފުންނަށް މުސާރަދޭން ބޭނުންވާކަމަށާއި ނަމަވެސް އެ ރިސޯޓްގެ 50 ހިއްސާ އޮންނަ ފަރާތުން  އެ ބޭފުޅުންނަށް ނޭންގި 550000 އެ ކުންފުނީގެ ބޭންކިން ވަގަށް ނަގާފައިވާތީ މިހާރު އެ ރަށުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް މުސާރަދޭނެ އެއްވެސް ލާރިއެއް ނެތް ކަމަށެވެ. އަދި އޭނާ މުސާރަ ނުދޭނަމޭ ބުނެ ދައްކަމުންދާ ވާހަކަތަށް ވެސް ކެތްރީންވަނީ ދޮގު ކޮއްފައެވެ.

ރިހިވެލި ބީޗް ރިސޯޓުގެ ލައިސަންސް ބާތިލުކުރަން އުޅޭކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު އެރިސޯޓު ހިންގަމުންދާ ފްރާންސްގެ ކުންފުންޏެއްކަމަށްވާ ސޭވް ދަ ޑްރީމް ފަރާތުން އެރަށުގެ ވެރިގަފަރާތް ކަމުގައިވާ މާހަލް ޓުއާސް އާއި ދެކޮޅަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުން އެ ކުންފުންޏާއި އެއްކޮޅަށް ރިހިވެލި ބީޗް ރިސޯޓުގެ މަށްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަަމަރެއް މިހާރު  ވަނީ ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް