ads
އާދަމް ޝަރީފް އުމަރު--
ކައުންސިލް އިންތިހާބުގެ މަރުތަޅު މަޖިލީހުން ނައްޓުވައި ނުލެވޭނެތޯ؟: އާދަމް ޝަރީފް
އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮންނައިރު، ސަރުކާރުން ބޭނުންވެއްޖެ ނަމަ ލޯކަލް ކައުންސިލް އިންތިހާބުގެ މަރުތަޅު ރައްޔިތުންގެ މަޖިލީހުން ނައްޓުވައި ނުލެވޭނެތޯ މަޖިލިސް ރައީސް އަރިހުން އާދަމް ޝަރީފް އުމަރު އައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމުގެ ގޮތުން، ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވޭނެ ކަމަށާއި، އެކަން މަޖިލިސް ގަވައިދުގެ 45 ވަނަ މައްދާގެ (ރ) ގެ ދަށުން ކުރެވޭނެ ކަމަށެވެ. 

މިހެން ވިދާޅުވުމަށްފަހު އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި، ސުޕްރީމް މެޖޯރިޓީ އޮންނަ އިރު ސަރުކާރުން އެދެފިނަމަ ލޯކަލް ކައުންސިލް އިންތިހާބުގެ މަރުތަޅު މަޖިލީހުން ނައްޓުގައި ނުލެވޭނެތޯ ސުވާލު އުފައްދަވާފައެވެ. 

މިއަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަނާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.  

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތައްޔާރުުވަމުން އަންނައިރު، ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާގޮތުން، އެ ތަސްދީގުކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. 

އަނެއްކޮޅުން ދާދިފަހުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބުވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ، ކޮވިޑް ކޮންޓްރޯލްކުރަން ދަތިވެދާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވާތީ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް