ads
ރައްކާ ރޯޑް ޝޯވ އިފްތިތާހުކޮށްދި،ުގެ ޖަލްސާ
ރައްކާ ރޯޑް ޝޯވް 2020، ވާޗުއަލް ރަން އެއް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެލައިޑް އިންޝުއަރަންސް ގުޅިގެން ކުރިއަށް ގެންދާ "ރައްކާ ރޯޑް ޝޯ" ގައި މިފަހަރު ހަފުތާއެއްގެ މުއްދަތަށް ވާޗުއަލް ރަން އެއް ބާއްވަން ނިންމައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ 6:00 ގެ ނިޔަަލަށް މި ރަންގައި ރަޖިސްޓްރީގައި ރަން ފޯ މޯލްޑިވްސް ވެބްސައިޓު މެދުވެރިކޮށް  ބައިވެރި ވެވޭނެ އެވެ. އަދި ހިލޭ ބައިވެރިވުމުގެ ފުރުސަތު 950 މީހަކަށް ދިނުމަށް ފަހު އޭގެ އިތުރުން ރަޖިސްޓްރީވާ މީހުން ފީއެއް ދައްކަންޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ރޯޑް ސޭފްޓީގެ ސަބް އިންސްޕެކްޓަ މުހައްމަދު ނައީމް ވިދާޅުވީ އެލައިޑާއި ފުލުހުން ގުޅިގެން މަގުމަތީ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރަން ހަރަކާތްތަކެއް ހިންގަން ފެށީ 2014 ވަނަ އަހަރު ކަމަށާއި ވޭތުވެދިޔަ ދެ އަހަރު މި ހަރަކާތްތައް ކުރިއަށް ނުގެންދެވުނަސް މި އަހަރު ގިނަ ހަރަކާތްތަކެއް ހިންގަން ރާވާފައި ހުރި ކަމަށާއި ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ކަންތައްތައް ފަސްކުރަން ޖެހުނީ ކަމަށެވެ.

ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި 5،665 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ. ވާޗުއަލް ރަންގައި ބައިވެރިން ދުވަމުން ދާއިރު ވެބްސައިޓުން މި ނަންބަރު ދަށްވަމުންދާތަން ފެންނާނެ އެވެ.

މި ރަންގައި ބައިވެރިވާ މީހުންނަށް ސެޓްފިކެޓަކާއި ޓީޝާޓެއް ވެސް ލިބޭނެ އެވެ. އަދި ވާޗުއަލް ރަން އަކަށް ވާތީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށް ވެސް ދުވުމުގައި ބައިވެރިވެވޭނެ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގު ވިދާޅުވީ މި ޕްރޮގްރާމުން މުޖްމަތައުއަށް ފައިދާ ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއ މި ކަމުގައި ފުލުހުންގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި މިއީ ހަގީގަތުގައި މުޖްތަމައުއަށް ވަރަށް ރަނގަޅު ޕްރޮގްރާމެއް ކަމަށް ގަބޫލުކުރާކަމަށާއި އުންމީދުކުރަނީ މުޖްތަމައުން މިކަމަށް އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން އަހަރުތަކުގައި ރައްކާ ރޯޑް ޝޯގެ ހަރަކާތްތައް ހަފްތާއަކަށް ކުރިއަށް ގެންދިޔަ ނަމަވެސް އަންނަ އަހަރު، މި ހަރަކާތްތައް މަސް ދުވަހުގެ މުއްދަތަކަށް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ. މިފަހަރުގެ ރައްކާ ކެމްޕެއިންގައި ހާއްސަ ކަމެއްގެ ގޮތުން ކުރިއަށްގެންދަނީ ވަރްޗުއަލް ދުވުމެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް