ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
ފުލުހުންގެ ޖަވާބުދާރީ ކުރުވުމަށް ބޮޑު ފުރުސަތެއް ލިބޭނެ: ސީޕީ
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި މީގެ ކުރިން ތާރީހުގައިވެސް ލިބިފައި ނުވާ މިންވަރަށް ފުލުހުން ޒިންމާދާރު ކުރުވައި، އަދި ޖަވާބުދާރީ ކުރުވުމަށް ޖާގަހޯދައިދީފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ސީޕީ ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުުގައި ފުލުހުންގެ 87 އަހަރުގެ ތާރީހުގައި ލިބިފައި ނުވާ މިންވަރަށް ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް، މިގާނޫނުން ފުރުސަތު ޖާގަހޯދައިދީފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއް ކަމަށް ސީޕީ ވިދާޅުވިއެވެ. 

މީގެއިތުރުން ސީޕީ ވިދާޅުވީ، މި ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ސްޓޭޝަންތަކުން، ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނެވޭނެ ކަމަށާއި، މި ގާނޫނުގެ ދަށުން ގެނެވޭ ބަދަލުތަކަކީ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް ކަންކުރަމުން އަންނަ ގޮތްކަމަށް ސީޕީ ވިދާޅުވިއެވެ. 

ސީޕީ ވިދާޅުވީ މި ގާނޫނު ތަސްދީގު ކުރެވިގެން ދިއުމާއި އެކު، ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބަސް ހޯދައި ގުޅުން ބަދަހިކޮށް ގާނޫނު ލާޒިމް ކުރާ ގޮތަށް އެކުގައި މަސައްކަތްކުރެވޭނެ ނިޒާމެއްގެ މައްޗަށް ފުލުހުންގެ މަސައްކަތްތައް ލަސް ނުވެ ބައްޓަން ވެގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް