ads
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި
ގައުމީ އެއާލައިންސް މޯލްޑިވިއަންގެ ސީޕްލޭން އެއް މަލިކުގައި ޖައްސައިފިއެވެ.

މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި ޖައްސާފައިވަނީ ސްޕައިސް ޖެޓްގެ ޗާޓާ ދަތުރެއްގައި އަހްމަދުއާބާދަށް ދިއުމުގެ މަގުމަތީގައެވެ. 

މިކަން ހާމަކޮށް މޯލްޑިވިއަންއިން ވަނީ، މަލިކުގައި ސީޕްލޭން ޖައްސާފައި ނަގާފައިވާ ބައެއް މަންޒަރުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. 

މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި މުޅިން އަލަށް ސީޕްލޭންގެ ދަތުރުތަށް ފަށާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ. އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް