ads
ފޮޓޯ: ސިޓީ ކައުންސިލް..
ކަނބާ އައިސަ ރަނި ހިނގުން ހުޅުވާނީ އާ އަހަރަށް
މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މާފަންނު ކަނބާ އައިސަ ރަނި ހިނގުން ހުޅުވުމުގެ ތައްޔާރީތަށް ސިޓީކައުންސިލުން ފަށައިފިއެވެ.

މި މަހު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުން އަންނައިރު، މަގުގެ ކޮނުމަށްފަހު ވަޅުލާފައިވާ ކޭބަލްތައް ރަނގަޅު ކުރުމާއި ބިމުއަޑިން އަޅަންޖެހޭ ހޮޅިތައް އެޅުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުގައި ހެދިފައިވާ އަޑުގުޑަންތައް ރަނގަޅުކުރުމުގެ ގޮތުން މަގު އެއްވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ސިޓީކައުންސިލުން ވަނީ، މަގު ހުޅުމުވަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، މަގުގައި ގަސް އިންދުމާއި، އަދި އެނޫންވެސް ބައެއް މަސައްކަތްތައް ކޮށްފައެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ، މިހާރު މަގުގައި ނުނިމި ހުރީ ވަރަށް މަދު މަސައްކަތެއް ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ދުވަހަށް މަހު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިމަގުގެ މަސައްކަތް ނިމުމާއި އެކު މުނިޔާ މަހުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. 

އިތުރަށް ވިދާޅުވީ މި ޕްރިޖެކްޓުގެ ދަށުން މަގުތަށް ހެދިގެން ދާއިރު، މަގުތައް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފަރުމާކުރެވިގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް ދުވާރުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ލޯފަން މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިގެންދާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

"ކަނބާ އައިސަ ރަނި ހިނގުން" މަގުގެ މަސައްކަތް ނިމުމާއިއެކު "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ފުރަތަމަ ސެގްމެންޓްގެ ފުރަތަމަ ބައި ނިމިގެންދާނެއެވެ.

މާލޭގެ މަގުތަށް ޒަމާނީ ފެންވަރަށް އަލުން ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް ހިމަނައިގެން 416 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް