ads
މާލެ މަގުމަތި
މާލޭގައި މީހަކު ރަހީނުކޮށްފި
މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހެންވޭރު ގެއަކަށް ދިވެހި ފުރުހެނަކު ގެންގޮސް ރަހީނުކުރި ކަމަށްބުނާ މައްސަލައެއް މިއަދު 17:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އޭނާ ވަނީ އަމިއްލައަށް ސަލާމަތް ވެފައި ކަމަށެވެ. 

މިމައްސަލާގައި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. 

މާލޭގައި ދާދި ފަހުންވެސް އަންހެނަކު ރޭޕުކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އެގޮތުން ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު، ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާވެސް އަތުލާފައިވާ ކަމަށްބުނާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. 

މިމައްސަލާގައި ހައްތަރުކުރި އުމުރުން 31 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން ބަނދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު، ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުޑަކުއްޖާ، ޝަރުތު ކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް